Skip to main content
Topic Archive

#މަޖިލިސް

912 Stories filed
ކައުންސިލްތަކުގެ ބިން ސަރުކާރުގެ މަޝްރޫއުތަކަށް ނެގޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި
Raajje

ކައުންސިލްތަކުގެ ބިން ސަރުކާރުގެ މަޝްރޫއުތަކަށް ނެގޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި

ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ، ސަރުކާރާ ގާތްގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މި ބިލަށް ސަރުކާރު...

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ އިސްލާޙް މަޖިލީހުން ފާސްކޮށްފި
Raajje

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓް މާރުކުރަން ޖެހޭ އިސްލާޙް މަޖިލީހުން ފާސްކޮށްފި

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އެއީ މުޅިން ވެސް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލަށް، ފުނަދޫ...

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި
Parliament

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވައިފި

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް ވިދާޅުވީ، ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ. އަދި މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، […]

އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ވެސް އެ މަގާމު ފުރުއްވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަނީ
Parliament

އިންފޮމޭޝަން ކޮމިޝަނަރަކަށް ކުރިން ވެސް އެ މަގާމު ފުރުއްވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަނުކުރަނީ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އައު އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރުމަށް ނިންމެވީ މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ. މި މަގާމަށް ކުރިމަތިލުމަށް މި މަހުގެ ކުރީކޮޅު ހުޅުވާލި ފުރުސަތުގެ ސުންގަޑި މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފަ...

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުން ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް
Raajje

ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އިޝްތިހާރުކުރުން ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލު ކުރިން ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވި ނަމަވެސް، އިތުރު އިސްލާހުތ...

ނުނިމި ހުރި މަސައްކަތްތައް ނިންމަން މަޖިލީހުގެ ދައުރު ދަންމާލައިފި
Parliament

ނުނިމި ހުރި މަސައްކަތްތައް ނިންމަން މަޖިލީހުގެ ދައުރު ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު، ނުނިމި ހުރި މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި މިމަހު 27 އާއި ހަމައަށް އިތުރުކުރަން ފާސްކޮށްފިއެވެ. މިއީ މި ހިނގާ ދެވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުން ފާސްކުރި ދެވަނަ ފަހަރެވެ. މަޖިލީހުގެ މިހިނގާ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ފާސްކޮށްފައިވަނީ، މިއަދު ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރ...

50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިތަކުން ފީ ނުނަގަން ފާސްކޮށްފި
Parliament

50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިތަކުން ފީ ނުނަގަން ފާސްކޮށްފި

50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ފީ ނެގުމުގައި އިސްތިސްނާވާ ބާވަތްތަކުގެ ތެރޭގައި ހިމަނައި، ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި އިޞްލާޙު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒްއެވެ. އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކުރި މި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 65 މެމްބަރުންގެ ވޯޓާއެކު އޮގަސްޓް 12 ވަނަ ދުވަހުއެވެ. އެ […]

ވިޔަފާރިވެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރަން ޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހް މުހިންމު: އަލީ މޫސާ
Thiladhunmathi News

ވިޔަފާރިވެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރަން ޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހް މުހިންމު: އަލީ މޫސާ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ދިވެހި ވިޔަފާރިވެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މި ބިލުގެ ބަހުސްގައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަލީ މޫސާ ވިދާޅުވީ، ގެންނަން ހުށަހަޅާފައިވާ ބަދަލަކީ މީރާ އުފެދ...

މަކުނުދޫގައި މިއަހަރު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ
Thiladhunmathi News

މަކުނުދޫގައި މިއަހަރު ޑަޔަލިސިސްގެ ޚިދުމަތް ފަށަނީ

ހދ. މަކުނުދޫގައި މިއަހަރުގެ ތެރޭގައި ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކޮށް، ރައްޔިތުންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ މަކުނުދޫގައި ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ތެރޭގައި އެ ޚިދުމަތް ފުރިހަމަކޮށް ރަ...

ބިންތައް ކައުންސިލުން ވަކިކުރެވޭ ހަންނާނުގެ ބިލަށް ވޯޓު ނުދިނުމަށް އާތިފް ގޮވައިލަށްވައިފި
Thiladhunmathi News

ބިންތައް ކައުންސިލުން ވަކިކުރެވޭ ހަންނާނުގެ ބިލަށް ވޯޓު ނުދިނުމަށް އާތިފް ގޮވައިލަށްވައިފި

ރަށްރަށުގެ ބިންތައް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރެއިން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވައިފިއެވެ. މި އިސްލާހަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި މެމްބަރު ވިދާޅުވެފައި ވަނީ، ބައެއް ކައުންސިލްތަކުން މަޝްރޫއުތަކަށް ބިން ނުދީ ހިފަހައްޓ...

ސިޓީ ކައުންސިލްގެ މަޝްވަރާއާއެކު ކުޅުދުއްފުށީ އިސްލާމީ މަރުކަޒުގެ ޑިޒައިނަށް ބަދަލުގެނެސް ލަހެއްނުވެ މަސައްކަތް ފެށޭނެ: ޝަހީމް
Thiladhunmathi News

ސިޓީ ކައުންސިލްގެ މަޝްވަރާއާއެކު ކުޅުދުއްފުށީ އިސްލާމީ މަރުކަޒުގެ ޑިޒައިނަށް ބަދަލުގެނެސް ލަހެއްނުވެ މަސައްކަތް ފެށޭނެ: ޝަހީމް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުށަހެޅި އިސްލާހުތަކާ އެއްގޮތަށް އެ ރަށު އިސްލާމީ މަރުކަޒުގެ ޑިޒައިނަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ލަހެއްނުވެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުޅުދުއްފުށީގައި އިސް...

މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަކީ އަމާޒު
Thiladhunmathi News

މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަކީ އަމާޒު

މިއަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އިސްލާމީ މަރުކަޒު އަޅަން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ، އެ ރަށު އިސްލާމީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުން ފިލުއްވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް [...

ފެނަކައިން ހއ.އަތޮޅަށް ކޭބަލް ރޯލެއް ގެންދަން ދެ ލައްކަ ރުފިޔާ ޚަރަދުކުރި: ޝުޖާއު
Parliament

ފެނަކައިން ހއ.އަތޮޅަށް ކޭބަލް ރޯލެއް ގެންދަން ދެ ލައްކަ ރުފިޔާ ޚަރަދުކުރި: ޝުޖާއު

މިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ކޭބަލް ރޯލެއް ހއ. އަތޮޅަށް ގެންދިއުމުގެ ފްރައިޓް ޗާޖަށް އެކަނި 2 ލައްކަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ރެކްރޫޓްކުރުމާއި، ޕްރޮމޯޝަން ދިނުމުގެ އިތުރުން މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްޞަ އ...

ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައިން ވަކިކޮށް އެހެން ބަޔަކާ ހަވާލުކުރަނީ
Thiladhunmathi News

ނަރުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައިން ވަކިކޮށް އެހެން ބަޔަކާ ހަވާލުކުރަނީ

ށ. ނަރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަކިކޮށް، އެމް.ޑަބްލިޔު.އެސް.ސީ ނުވަތަ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްޤާދިރު (ހަސަނާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހަސަނާ ވަނީ ނަ...

އެމްޑީޕީން ދިއްދޫގައި 18 މިލިއަނަށް އެޅޭނެ އިންޖީނުގެއަކަށް 64 މިލިއަން ޚަރަދުކުރި، ދެބައިކުޅަ އެއްބައިވެސް ނުނިމޭ: ލަތީފް
Parliament

އެމްޑީޕީން ދިއްދޫގައި 18 މިލިއަނަށް އެޅޭނެ އިންޖީނުގެއަކަށް 64 މިލިއަން ޚަރަދުކުރި، ދެބައިކުޅަ އެއްބައިވެސް ނުނިމޭ: ލަތީފް

ނިމުނު އެމްޑީޕީގެ ސަރުކާރުން ހއ. ދިއްދޫގައި 18 މިލިއަން ރުފިޔާއަށް އެޅޭނެ ފަދަ އިންޖީނުގެއެއް އެޅުމަށް 64 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ނަމަވެސް އެތަނުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައިވެސް ނިމިފައި ނުވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހުރިހާ ރަށަކ...