ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ކަނޑާލަން އިނގިރޭސި ވިލާތުން ނިންމައިފި
ރާއްޖޭގެ ކަނޑުމަހުގެ އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ކަނޑާލުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. މި ނިންމުމާ ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ނިކް ލޯ ވިދާޅުވީ، މިއީ ބްރިޓިޝް ކަސްޓަމަރުންނާއި ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. މި ބަދަލާއެކު އިނގިރޭސިވިލާތުގެ ބާޒާރުގައި މަހުގެ އަގުތައް ހެޔޮވެ، ދިވެހި މަހަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަން އޭނާ ވަނީ ފާހަގަކުރަށްވާފައެވެ. މި މުހިންމު ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙ...