މައި ޚަބަރަށް ދިޔުމަށް
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
Raajje

ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ 30 ދުވަހަށް ބަންދުކޮށްފި

ދެ ދަރިންނަށާއި ތިމާގެ ކުށްޖަކާމެދު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައްޕަ 30 ދުވަހަށް ބަންދުކޮށްފިއެވެ. މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރޭ ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ގެންދިޔުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން...

ވަޅިން ބިރުދައްކައި އޮރިޔާންކޮށް ފޭރުނު މައްސަލައެއްގައި ދައުވާކުރަން ފޮނުވައިފި
Raajje

ވަޅިން ބިރުދައްކައި އޮރިޔާންކޮށް ފޭރުނު މައްސަލައެއްގައި ދައުވާކުރަން ފޮނުވައިފި

މާލޭގެ ގެސްޓްހައުސް އަކަށް ދިވެހި ފިރިހެނަކު ވައްދައި އޮރިޔާންކޮށް، ބިރުދައްކައިގެން ފޭރުނު މައްސަލާގައި ތުހުމަތުވާ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ޚިދުމަތުން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ. މި ހާދިސާ އަކީ 19 ޖުލައި 2024 ދުވަހު ހިނގާފައިވާ ހާދިސާއެކެވެ. ފުލުހުން ބުނީ، އެ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި […]

ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް، އަނިޔާވި މީހަކަށް ފަރުވާދެނީ
Raajje

ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް، އަނިޔާވި މީހަކަށް ފަރުވާދެނީ

ހުޅުމާލޭ ދެ ފޭސް ގުޅުވާލަދޭ ބްރިޖްމަތީ ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ، ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖްމަތީ އެކްސިޑެންޓެއް ހިނގައިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ލޮރީއެއް ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި މީހަކަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާ އަށެވެ. އެއީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ސްޕޯޓްސް ކާރުންޖެހި ހިނގި އެކްސިޑެންޓް: ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ބަލައިގެންފި
Raajje

ސްޕޯޓްސް ކާރުންޖެހި ހިނގި އެކްސިޑެންޓް: ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ބަލައިގެންފި

ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކްސިޑެންޓްވި ސްޕޯޓްސް ކާރު ދުއްވި މީހާ އާއި އޭގައި ތިބި އިތުރު ދެމީހުންނަށް ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލަ ބަލައިގެންފިއެވެ. ފުލުހުން މިރޭ ބުނީ، އެ ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލު...

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
Raajje

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ފުލުހުންގެ ދެކުނު ޒޯނު (ގއ. ގދ. ޏ. އަދި ސ އަތޮޅު ހިމެނޭ ސަރަހައްދު)ގައި  ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު އެ އިދާރާއަށް ހުށަހެޅުނުކަމަށެވެ. މި މައްސަލައިގެ މައުލޫމާތު ފުލުހުން މިއަދު އާންމުކޮށްފައިވާއިރު، ސެޕްޓެމްބަރު 11 ވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުވާ 57 އަހަރުގ...

ތަސްލީމްގެ އެއްވެސް ހަބަރެއް ނެތް، އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިއްޖެ
Raajje

ތަސްލީމްގެ އެއްވެސް ހަބަރެއް ނެތް، އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިއްޖެ

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ދަތުރުގޮސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43) ގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައި ނުވާކަމާއި ތަހުގީގަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަން ފުލުހުން މި މައްސަލައާއި ގުޅިގެން މިއަދު އާންމު ކުރި ބަޔާނުން ހާމަވެއްޖެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ 13:20 […]

ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ
Raajje

ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ

މިއަދު ހެނދުނު ފުވައްމުލަކު ސިޓީއަށް ބާލަން އުޅުނު ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 09:32 ހާއިރު ފުވައްމުލަކު ބަނދަރުގައި އޮތް ދޯންޏަކުން އެ ރަށަށް ބާލަން އުޅުނު ބިއްލޫރި ޝީޓްތަކެއް ވެއްޓި އެ އުފުލަން އުޅުނު ދެ ބިދޭސީއަކަށާއި ދެ ދިވެހިންނަށް އަނިޔާވެފައިވާކަމަށެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް […]

ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާލަނީ
Thiladhunmathi News

ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވާލަނީ

މިދިޔަ ބުދަ ދުވަހު ހެނދުނު ކުޅުދުއްފުށީ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް، އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާއަށް ފޮނިވި މައުލޫމާތުގައި ބުނެފައި ވަނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ދުވަހު ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން މަރު...

400000 އަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

400000 އަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޖަހަންގިރް އާލަމް އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ކްރިމިނަލް ކޯޓުގައި ފުލުހުން ވަނީ އެ މީހާ ސައިކަލުގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށް، އޭނާ އެ ވައްކަން ކުރިކަމަށް ބެލެވޭ ހެކި […]

ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށްފި
Raajje

ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށްފި

ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭ ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތްކުރުމަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވުމާ ގުޅިގެން ފުލުހުން ވަނީ އެތަނަށް ދިޔަކަމަށެވެ. އެތަނަށް ގޮސް ން އެ އެޕާޓްމަންޓްގެ ދޮރު ހުޅުވުމަށް ފުލުހުން އެންގުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރުލަށްޕައި ތަޅުލާފައިވާކަމަށް ފުލުހުން ބުންޏެވެ. ”އަނެއްކާވެސް އަންހެން...

މާލޭގެ ގެއަކުން ވަގަށްނެގި ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި
Raajje

މާލޭގެ ގެއަކުން ވަގަށްނެގި ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ހެންވޭރު ގެއަކުން ވަގަށްނެގި ތަކެތި ހޯދައި، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މިދިޔަ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ ތަނެއް ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުމުގައި، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފައެވެ. މީގެ […]

އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި
Raajje

އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި

މާލޭގައި އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސ...

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި
Raajje

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުން ހިފަހައްޓައިފިއެވެ. ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެން ބައެއް ތަކެތި ހިފަހައްޓާފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ފުލުހުންގެ ނަމުގައި މީސްމީޑއާގައި ދައުރުކުރަމުންދާ ސައްހަ ނޫން ބަޔާނެއްގެ މައްސަލައިގައި ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބު ޝަހީމްގެ ފޯނާއި އ...

ގެސްޓްހައުސްއެއްގައި މީހަކު ޒަޚަމްވެފައި އޮއްވާ ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ގެސްޓްހައުސްއެއްގައި މީހަކު ޒަޚަމްވެފައި އޮއްވާ ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓްހައުސްއެއްގައި ދިވެހި ފިރިހެނެއް ޒަހަމްވެފައި އޮއްވައި ފެނުނު މައްސަލާގައި، އެ މީހާއަށް އަނިޔާދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 9 ސެޕްޓެމްބަރު 2024 ގައި، ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރު ނުވެގެން އޭނާގެ ކޮޓަރިއަށް ވަދެ ބެލިއިރު، އޭނާ ޒަހަމްވެފައި އޮއްވައި ވަނީ ފެނިފައެވެ. ފުލުހުން މިއަދު ބުނީ 9 ސެޕްޓެމްބަރުގައި މާލޭގެ ގެސްޓްހައުސްއެއްގައި ޒަޚަމްތަކަކާއެކު އޮވެ ފެނުނު މީހަކާ މެދު މާރާމާރީ ހިންގިކަމަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކ...

ޑްރަގާއި ފައިސާ ހޯދައި ފަސް މީހުން ހައްޔަރުކޮށްފި
Raajje

ޑްރަގާއި ފައިސާ ހޯދައި ފަސް މީހުން ހައްޔަރުކޮށްފި

ޅ. އަތޮޅު ހިންނަވަރާއި ނައިފަރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ހިންނަވަރާއި ނައިފަރުގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ޑްރަގާއި ފައިސާ ހޯދައި ފަސް މީހުން ހައްޔަރުކޮށްފި މި އޮޕަރޭޝަނު...