ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތްކުރުމަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވުމާ ގުޅިގެން ފުލުހުން ވަނީ އެތަނަށް ދިޔަކަމަށެވެ.

Ad
rt

އެތަނަށް ގޮސް ން އެ އެޕާޓްމަންޓްގެ ދޮރު ހުޅުވުމަށް ފުލުހުން އެންގުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރުލަށްޕައި ތަޅުލާފައިވާކަމަށް ފުލުހުން ބުންޏެވެ.

''އަނެއްކާވެސް އަންހެން މީހާ ސަލާމަތަށް އެދި ހަޅޭއްލަވާތީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެޕާޓްމަންޓަށް ފުލުހުން ވަދެ އަންހެން މީހާ ވަނީ ސަލާމަތްކޮށްފައި'' ފުލުހުން ބުނެފަވެއެވެ.

މި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ، އަޙްމަދު އުވައިސް (20 އަހަރު) މާލެ/ހ. ލާމިޔާ، އަދި މުޙައްމަދު މުމީތު (39 އަހަރު) މާލެ/މ. ތްރީ މޫންސް، އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.

ގޭތެރޭގެ އަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައި ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށްވާތީ، މިފަދަ ހާދިސާތައް ހުއްޓުވުމަށް ސަރުކާރުންނާއި އަމިއްލަ ޖަމްޢިއްޔާތަކުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. އަދި މިފަދަ ހާދިސާތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޚިދުމަތްތަކެއްވެސް ޤާއިމްކޮށްފައިވެއެވެ.