މިއަދު ހެނދުނު ފުވައްމުލަކު ސިޓީއަށް ބާލަން އުޅުނު ބިއްލޫރި ޝީޓްތަކެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 09:32 ހާއިރު ފުވައްމުލަކު ބަނދަރުގައި އޮތް ދޯންޏަކުން އެ ރަށަށް ބާލަން އުޅުނު ބިއްލޫރި ޝީޓްތަކެއް ވެއްޓި އެ އުފުލަން އުޅުނު ދެ ބިދޭސީއަކަށާއި ދެ ދިވެހިންނަށް އަނިޔާވެފައިވާކަމަށެވެ.
މި ހާދިސާގައި އަނިޔާވި ހަތަރު މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ. އެ މީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާއިއެކު، ފުލުހުން މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!