މިދިޔަ ބުދަ ދުވަހު ހެނދުނު ކުޅުދުއްފުށީ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް، އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާއަށް ފޮނިވި މައުލޫމާތުގައި ބުނެފައި ވަނީ ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ދުވަހު ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން (36) އެވެ.
ކުޅުދުއްފުށި ހޮސްޕިޓަލާއި ހަވާލާދީ އެ ދުވަހު ފުލުހުން ބުނީ މޫދުން ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އެ ރޭ ދަންވަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!