މައި ޚަބަރަށް ދިޔުމަށް
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ޑްރަގްގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގްގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ވެރިރަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސް...

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ
Raajje

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

ސްނޯކަލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެއް ވަނީ މަރުވެފައެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ އިއްޔެ 11:22 ހާއިރުއެވެ. ރަސްދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ އެ ތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެ
Raajje

އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގައި ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލު ޖެހި، އެ ދެ ސައިކަލުގައި ތިބި 4 މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖެއް ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ތަހުގީގު ކުރިއަށް
Raajje

ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ތަހުގީގު ކުރިއަށް

ސިނަމާލޭ ބްރިޖުގެ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލް ދުއްވަން ދިން މީހާ، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ސިނަމާލޭ ބްރިޖުގެ ހައިވޭގައި ސައިކަލް ދުއްވާފައި ދިޔަ މީހަކު ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދީގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ސައިކަލުގެ ކުރިއަށް ކުޑަ ކުއްޖަކު ލައިގެން ދުއްވާފައި ދާއިރު އެ ކުއްޖާ ހުންގާނުގައި ހިފަހައްޓައިގެން އިން މަންޒ...

މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެ
Raajje

މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެ

މާލޭގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓް ހިނގައިގެން ރިޕޯޓު ލިބިފައިވަނީ މިއަދު 15:40 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވީ 3 އަހަރުގެ ކުޑަ ކުއްޖަކަށެވެ. އެކުއްޖާ މަގު ހުރަސް އުޅުނީ މާލޭ މަޖިދީމަގު ވިލާމާޓު ކައިރީ ކަފިހި ހުރަސް މަތިންނެވެ. ފުލުހުން ބުނީ ސައިކަލުންޖެހި އެ ކުއްޖާވެއްޓި ނިތްކުރިމަތި ދުޅަވެފައިވާ ކަމަށެވެ. ‘’އެ ކުއްޖާ ވަނީ […]

މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެ
Raajje

މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެ

މާލޭގެ މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ މާލޭގެ މަޖީދީމަގުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރަ ކައިރީ އަނިޔާތަކާއެކު ފިރިހެނަކު އޮތްކަމަށް ރޭ 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްލިބިފައިވާ ކަމަށެވެ. އެއީ ދިވެއްސެއްކަމަށާއި، އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށްފަހު ހެނދުނު 6:19 ގައި ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. ”އެމްވީ ކްރައިސިސް” އަދި ”އެކްސިޑެންޓް އިން މޯލްޑިވްސް”ގެ މީސްމީޑި...

ދެ ޕެންޓްހައުސް ހުސްކުރަން ބައްސާމަށް އިތުރު މުހުލަތު ދީފި
Raajje

ދެ ޕެންޓްހައުސް ހުސްކުރަން ބައްސާމަށް އިތުރު މުހުލަތު ދީފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް އިތުރު މުހުލަތު މިއަދު ދީފިއެވެ. އެ ތަން ފުލުހުންނާއި ހަވާލުކުރުމަށް މި މަހުގެ 31 އާއި ހަމައަށް އިތުރު މުއްދަތު ދިނުމަށް ބައްސާމުގެ ވަކީލުންގެ ފަރާތުން މިއަދު ވަނީ ފުލުހުގައި އެދިފައެވެ. ފުލުހުން މިރޭ ބުނާ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އެކަމަށް އެދި ބައްސާމުގެ ފަރާތުން ފޮނުވި ސިޓީގައިވާ މުހުލަތު ދިނުމަށް […]

ދޮށީ އުމުރު މީހުން އަތުން ފޭރުން އިތުރުވެފައިވާތީ ސަމާލުވުމަށް އެދިއްޖެ
Raajje

ދޮށީ އުމުރު މީހުން އަތުން ފޭރުން އިތުރުވެފައިވާތީ ސަމާލުވުމަށް އެދިއްޖެ

ދޮށީ އުމުރު މީހުން އަތުން ފޭރުން އިތުރުވެފައިވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން ފުލުހުން މިއަދު ބުނީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފަވާ ކަމަށެވެ. މިފަދަ ޢަމަލުތައް ހިންގާ މީހުން، އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަ...

ބައްސާމުގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަންގައިފި
Raajje

ބައްސާމުގެ ދެ ޕެންޓްހައުސް ފުލުހުންނާ ހަވާލުކުރަން އަންގައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ އެފްއެމްއޭމް ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ދެ ޕެންޓަހައުސް ފުލުހުންނާއި ހަވާލުކުރުމަށް 28 ސެޕްޓެމްބަރު 2024 ގައި ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މި ދެ ތަން ފުލުހުންނާއި ހަވާލުކުރަން އަމ...

ރައްޔިތަކު ބޭނުމެއްޖެހިގެން އައިސްފިނަމަ މާޔޫސްކޮށްނުލާތި: ސީޕީ
Raajje

ރައްޔިތަކު ބޭނުމެއްޖެހިގެން އައިސްފިނަމަ މާޔޫސްކޮށްނުލާތި: ސީޕީ

ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ގާތަށް އައިސްފިނަމަ އެ ރައްޔިތަކު މާޔޫސްކޮށްނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު  ވިދާޅުވެއްޖެއެވެ. ސީޕީ ޝުޖާއު އިއްޔެ ވަނީ ހއ. އަތޮޅުގެ އެގާރަ ރަށަކަށް ކުރަށްވާ ރަސްމީ ދަތުރެއް ފައްޓަވާފައެވެ. މި ދަތުރުގެ ތެރެއިން ސީޕީ އިއްޔެ ވަނީ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިއެވެ. މި ދަތުރުގައި އެރަށް...

ސީޕީ ޝުޖާއު ހއ.އަތޮޅަށް
Thiladhunmathi News

ސީޕީ ޝުޖާއު ހއ.އަތޮޅަށް

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ހއ. އަތޮޅަށް ރަސްމީ ދަތުރެއް މިއަދު ފައްޓަވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސީޕީގެ މި ދަތުރުގައި އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ވެސް ބައިވެރިވާ ކަމަށެވެ. ކޮމިޝަނަރގެ މި […]

ޖައުހަރީ މަސްބާނަން މޫދަށް ފޭބިކަން އެނގިފައިވޭ: ފުލުހުން
Raajje

ޖައުހަރީ މަސްބާނަން މޫދަށް ފޭބިކަން އެނގިފައިވޭ: ފުލުހުން

މާލޭގެ އުސްފަސްގަނޑާއި ދިމާ މޫދުގައި އިއްޔެ ނިޔާވެފައި އޮއްވައި ފެނުނު އިބްރާހީމް ޖައުހަރީ (ޖޯރޭ) ބްރިޖް ކައިރިން މޫދަށް މަސްބާނަން ފޭބިކަން އެނގިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އިއްޔެ 15:04 ހާއިރު ޖައުހަރީ ބްރިޖުކައިރިން މޫދަށް މަސްބާނަން ފޭބިކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އުސްފަސްގަނޑާ ދިމާއިން މޫދުގައި ޖައުހަރީ އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހަވީރު 5:06 ހާއިރު އެވެ. ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފ...

އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
Raajje

އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ބުނީ މާލޭގެ އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ’އެކްސިޑެންޓް އިން މޯލްޑިވްސް’ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ހިމަނާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެމީހާގެ ހަށިގަނޑު މިހާރު ވަނީ އެއްގަމަށް އަރުވާފައެވެ. ފުލުހުން ބުނިގޮތުގައި އެއީ ދިވެހި ފިރިހެނެކެވެ. އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައު...

އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ
Raajje

އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ

މިއަދު އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި ދޯނި އަޑިއަށް ދިޔައީ އަލިފާން ނިވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 14:45 ހާއިރު ކަމަށެވެ. މި ދޯނީގައި ތިބި ފަސް މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އެމްއެެންޑީއެފުން ބުނީ، އަލިފާން ރޯވީ، ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ “ހަމްދު” ނަމަކަށް ކިޔާ މުދާ އުފުލާ ދޯޏެއްގައި ކަމަށެވެ. މި ދޯނީގައި އަލިފާން […]

ސަމާލުވޭ! ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުން އިތުރުވެއްޖެ
Raajje

ސަމާލުވޭ! ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުން އިތުރުވެއްޖެ

ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަ އިތުރުވެ ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، ސައްހަ ނޫން ބެންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައިވެއެވެ. ފުލުހުން ބުނިގޮތުގައި އެ މުއައްސަސާގެ ތަހުގީގުތަކުން ދައްކާގޮތުގައި، މިފަދަ ސައްހަ ނޫން ޓްރާންސްފާ ސްލިޕްތައް އުފައްދަނީ ވަކި ޚާއްޞަ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވ...