މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މަތީ ތަޢުލީމް

41 Stories filed
ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް
Thiladhunmathi News

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް

ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލާޝިޕް 6 ދަރިވަރަކަށް ދެއްވައިފިއެވެ. މި ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށް ދެއްވީ، މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމަށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި 6 ދަރިވަރުންނަ...

އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާޙް ކޮށްފި
Raajje

އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާޙް ކޮށްފި

އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް ތަޢާރަފްކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައި ވަނީ މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތު ތަކެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވ...

މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުގެ 720 ފުރުސަތު
Raajje

މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުގެ 720 ފުރުސަތު

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދުމުގެ 720 ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ހުޅުވާލައިފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި ފުރުސަތުގެ ދަށުގެ ދަށުން ލޯނަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު އަންނަ މާރޗް މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ 13.30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ފޯމް ހުށައަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި […]

އޭ ލެވެލްއިން ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ކުޅުދުއްފުށީ ރިޒްނާ
Thiladhunmathi News

އޭ ލެވެލްއިން ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ކުޅުދުއްފުށީ ރިޒްނާ

2019 ވަނަ އަހަރު ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 އަކުން 1 ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ހދ. ކުޅުދުއްފުށި، ވިނަމާގެ، އައިޝަތު ރިޒްނާ އުމަރު ހިމެނިއްޖެއެވެ. ރިޒްނާއަކީ ސެންޓަރ ފޯ ހަޔާސެކެންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)އިން އުނގެނުނު ދަރިވަރެކެވެ. 2019 ވަނަ އަހަރު ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10 އަކުން 1 ވަނަ ހޯދި ދަރިވަރުން ރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑެކްސްއެލްއިން ދެއްވާ […]

ދުނިޔޭގެ 1 ވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ބިލެތްފަހީ، އާދަމް އަނޫސް
Thiladhunmathi News

ދުނިޔޭގެ 1 ވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ބިލެތްފަހީ، އާދަމް އަނޫސް

މެއި/ޖޫން، 2019 ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި ދުނިޔޭގެ އެއްވަނައިގައި ހިމެނުނު ދިވެހި ދަރިވަރުންގެ ތެރޭގައި ށ. ބިލެތްފަހީ، ފިނި، އާދަމް އަނޫސް ހިމެނިއްޖެއެވެ. ރޭ މާލޭ ސިޓީގެ ތާޖުއްދީން ސްކޫލްގައި ކުރިއަށް ދިޔަ “މަތީ އަރުތަވެރިންގެ އިނާމް 2019” ހަފްލާގައި ވަނީ އެކި މާއްދާތަކުން ދުނިޔޭން 1 ވަނަ ހޯދި ދިވެހި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެޑެކްސްއެލްއިން ދެއްވާ މެޑެލްއާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ މެޑެލްގެ އިތުރުން ހަނދާނީ ލިޔުން ދީފައެވެ. […]

ސްޓޫޑެންޓް ލޯން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި
Raajje

ސްޓޫޑެންޓް ލޯން މިއަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފި

ކޯވިޑް-19 އާ ގުޅިގެން އާއްމު ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، މިހާރު ކިޔަވާ ކުދިންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯންތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިދިޔަމަހު 26 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ސްޓޫޑެންޓް ލޯން އަދި ހައުސިން ލޯނަށް ލުއި ދިނުމާމެދު ސަރުކާރުގެ ވިސްނުން އޮ...

ލޯނަށް ކުރިމަތިލި ފަރާތްތަކަށް މިނސްޓަރުގެ ޔަގީންކަން، އިންސާފްވެރިވާނަން
Raajje

ލޯނަށް ކުރިމަތިލި ފަރާތްތަކަށް މިނސްޓަރުގެ ޔަގީންކަން، އިންސާފްވެރިވާނަން

މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް ކުރިމަތިލި ފަރާތްތައް ކަނޑައެޅުމުގެ މަރުހަލާ ކުރިއަށް ގެންދާނީ އެއްވެސް ނުފޫޒެއް، ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއެކުގައިކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ދެއްވައިފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން، މި ޔަގީންކަން ދެއްވީ ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނުގެ ފުރުސަތަށްއެދި 1176 ފަރާތެއް ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެފަރާތްތަ...

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތުތަކެއް
Raajje

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތުތަކެއް

ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތު ތަކަކަށް ކުރިމަތިލުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ހުޅުވާލައިފި އެވެ. މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފި ކަމަށެވެ. މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީއިން، މި ވަގުތަށް ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކު...

ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ ފުރުޞަތުތަކެއް
Raajje

ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ ފުރުޞަތުތަކެއް

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލް ކުރުމަށް ބޭނުންވާ ދަރިވަރުންނަށް، މަތީ ތަޢުލީމުގެ ފުރުޞަތުތަކަކަށް ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އިން ވަނީ، 2021/2022 ވަނަ އަހަރަށް އޮސްޓްރިއާ ސަރުކާރުން ހުޅުވާލައިފައިވާ ސްކޮލަރޝިޕް ފުރުސަތަށާއި، 2021 ވަނަ އަހަރުގެ ”ކޮމަންވެލް ސްކޮލަރޝިޕް އިން ޔޫކޭ” ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ މިނިސްޓްރީއިން ބުނީ 2021/2022 ވަނަ އަހަރަށް އޮސްޓްރިއާ ސަރުކާރުން ހުޅުވާލައިފައިވާ ސްކޮލަރޝިޕް ފުރުސަތުތ...

މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ
Raajje

މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ

މަތީ ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި، ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް “މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު” ގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ބުދަ ދުވަހުން ފެށިގެން 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ވަނީ [...

ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި
Raajje

ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި

‏ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ސެޕްޓެމްބަރު ނިޔަލަށް އިތުރުކޮށްފައިވާ ކުރުން، މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފައި ވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ ގޮތަށް ލުއިދޭން ނިންމި ސަބަބެއް ކަމަށް އެ މިނިސްޓްރީއިން ބުނީ ކޯވިޑް 19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރު ކޮށްފައި ވުމާއެކު، އާއްމު ހާލަތަށް ރުޖޫޢަވުމަށް ވަގުތު ނަގާނެކަމަށް ބެލެވޭތީ ކަމަށެވެ. “ކޯވިޑް 19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއެކު،...