ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދުމުގެ 720 ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ހުޅުވާލައިފިއެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މި ފުރުސަތުގެ ދަށުގެ ދަށުން ލޯނަށް އެދި ފޯމް ހުށައެޅުމުގެ ފުރުސަތު އަންނަ މާރޗް މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ 13.30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ފޯމް ހުށައަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގައި ޗެކްލިސްޓަށް ސަމާލުކަންދިނުމަށް ހަޔާއެޑިޔުކޭޝަނުން ވަނީ އެދިފައެވެ.
މީގެ އިތުރުން މި ލޯނަށް ހުށައެޅޭނީ "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުޞޫލު" ގެ ޝަރުތުތައް ހަމަވާ ފަރާތްތައް ކަމަށް އެމިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.
މިލޯނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3026971، 3026927، 3026924 ފޯން ނަމްބަރަށް ގުޅުއްވުމަށް އެމިނިސްޓްރީއިން ވަނީ އެދިލައްވާފައެވެ.
މަތީ ތައިލީމާއި ތަމްރީންތައް ހޯދައިދިނުމުގެ ފުރުސަތުތައް ހޯދައި ދޭން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 720 ފުރުސަތު ހުޅުވާލިކަން ހާމަކުރަށްވައި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިފަހަރުގެ ލޯނު ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާފައި ވަނީ 417 ފުރުސަތު ކަމަށެވެ. އަދި މި ވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް 303 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި އަހަރުގެ ސްޓޫޑެންޓް ލޯނުނަށް ހުޅުވާލާފައިވާއިރު އެޑްމިނިސްޓްރޭޝަން ފީ ތިން ޕަސެންޓުން އެއް ޕަސެންޓައް ކުޑަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!