މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މުހައްމަދު ޝިފާޒް(ސިއްޕެ)

10 Stories filed
ސަރުކާރުން ތަނެއް ނުދީގެން ކަމަށް ބުނެ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި
Sports

ސަރުކާރުން ތަނެއް ނުދީގެން ކަމަށް ބުނެ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި

ސަރުކާރުގައި ތަކުރާރުކޮށް އެދުމުން ވެސް ކޮންގްރެސް ބާއްވާނެ ތަނެއް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފިއެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ، މުހައްމަދު ޝިފާޒް ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހު ކޮންގްރެސް ބާއްވަން ތާވަލުކުރި ނަމަވެސް، ކޮންގްރެސް ނުބޭއްވުނީ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، އަންނަ އޮކްޓޯބަރު 1 އިން 3 އަށް މާލޭ ސިޓީ […]

ޑިމޮކްރެޓިކްސް ނައިބު ރައީސް ކަމަށް ސިއްޕެ ވާދަކުރައްވަނީ
Thiladhunmathi News

ޑިމޮކްރެޓިކްސް ނައިބު ރައީސް ކަމަށް ސިއްޕެ ވާދަކުރައްވަނީ

ދަ ޑިމޮކްރެޓިކްސް އެތެރޭގެ ފުރަތަމަ އިންތިޚާބުގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ސިއްޕެ) ނިންމަވައިފިއެވެ. ބާރަށު ދާއިރާގެ މެންބަރު ކަމާއި، ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސިއްޕެ މިކަން ހާމަކުރައްވީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ސިއްޕެ ވިދާޅުވީ، ރާއްޖޭގެ އުއްމީދީ ސިޔާސީ މުސްތަގުބަލަށް ދަ ޑިމޮކްރެޓްސްގައި ކުރާ މަސައްކަތާއެކު އޭނާ އެ ޕާޓީގެ ނައިބު ރައީސްގ...

ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެ: ޝިފާޒު
Raajje

ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެ: ޝިފާޒު

ކަޅުތެޔޮ ކޮތަޅަކުން ޑިމޮކްރެޓިކުން ފަހަތަކަށް ނުޖެއްސޭނެކަމަށް “ދަ ޑިމޮކްރެޓްސް” އުފެއްދުމުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މި ސަރުކާރުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތަކުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ތެރެއިން އުފެދުނު “ދަ ޑިމޮކްރެޓްސް” ގެ ހަރުގެއަށް ރޭ ވަނީ ބަޔަކު ކަޅުތެޔޮ ޖަހާފައެވެ. އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ވަގުތެއްގައި އެ ޕާޓީގެ […]

މަގާމުން ވަކިކުރި ފަރާތްތަކަށް ސިއްޕެގެ ތައުރީފް
Raajje

މަގާމުން ވަކިކުރި ފަރާތްތަކަށް ސިއްޕެގެ ތައުރީފް

ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި ފިކުރަކީ ވަޒީފާއެއް އެކަނި ކަމަށް ދެކިގެންނުވާނެކަން ސަރުކާރުގެ މަގާމުތަކުން އިއްޔެ ވަކިކުރި ފަރާތްތައް ހާމަކޮށްދީފިކަމަށާއި، އެއީ އެފަރާތްތައް ގައުމުގެ ކުރިމަގަށް ހެޔޮ އެދޭތީ ނެގި ސްޓޭންޑެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕ...

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި
Raajje

ރައީސް އޮފީހުގެ މިނިސްޓަރުކަމުން ޝިފާޒް ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އެ މަގާމުން ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރިކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެއީ ތެދެއް ކަމަށާއި ޝިފާޒު، ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް ޝިފާޒު ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ. “އަޅުގަ...

ޕްރައިމަރީއަށްފަހު ސިއްޕެގެ މާނަފުން ޓްވީޓެއް
Raajje

ޕްރައިމަރީއަށްފަހު ސިއްޕެގެ މާނަފުން ޓްވީޓެއް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ސިއްޕެ) މާނަފުން ޓްވީޓެއް މިރޭ ކުރަށްވައިފިއެވެ. ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ އަކީ އެ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި، ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. ސިއްޕެ މިރޭ ކުރެއްވި ޓްވީޓްގައި ދޫކޮށްލައްވ...

ޙަސަން، ދައުރު ނިންމާލެއްވީ ހުދުމުހުތާރު، އަނިޔާވެރިކަމުން ރާއްޖެ މިންޖުކޮށްދެއްވާފައި: ޝިއްޕެ
Raajje

ޙަސަން، ދައުރު ނިންމާލެއްވީ ހުދުމުހުތާރު، އަނިޔާވެރިކަމުން ރާއްޖެ މިންޖުކޮށްދެއްވާފައި: ޝިއްޕެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު ފުރުއްވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ ދައުރު ނިންމާލެއްވީ ހުދުމުހުތާރު، އަނިޔާވެރިކަމުން މިރާއްޖެ މިންޖުކޮށްދެއްވާފައި ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ޙަސަން ލަތީފް ފުރުއްވަމުން ގެންދެވި އެމްޑީޕީގެ އެ މަގާމުގެ ފަސް އަހަރުގެ ދައުރު މިއަދު ވަނީ ހަމަވެފަ އެވެ. ޝިއްޕެ...

އަޑީގައި ތިބިގެން ސިއްރިޔާތުގައި ހިންގަމުންދާ ކެމްޕެއިނެއްގެ ވަރުގަދަ ކަމުގެ އިހުސާސް އެބަކުރެވޭ: ސިއްޕެ
Raajje

އަޑީގައި ތިބިގެން ސިއްރިޔާތުގައި ހިންގަމުންދާ ކެމްޕެއިނެއްގެ ވަރުގަދަ ކަމުގެ އިހުސާސް އެބަކުރެވޭ: ސިއްޕެ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސޯޅަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު، ނަފްސުގެ ރައްކާތެރިކަމާއި، ސިއްރިޔާތުގައި އަޑީގައި ތިބިގެން ނޭނގި ހިންގަމުންދާ ކެމްޕެއިނެއްގެ ވަރުގަދަ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށް އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީ...

ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ ތިލަފަތަކީ އެމްޑީޕީ ކެންޑިޑޭޓެއް، ވޯޓުދެއްވާ: ސިއްޕެ
Raajje

ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ ތިލަފަތަކީ އެމްޑީޕީ ކެންޑިޑޭޓެއް، ވޯޓުދެއްވާ: ސިއްޕެ

ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ ތިލަފަތަކީ އެމްޑީޕީ ކެންޑިޑޭޓެއް ކަމަށާއި، އަތަށް ވޯޓު ކަރުދާސް ކޮޅު ލިބުމުން އަރިމަތީގައި އޮންނަ ތިލަފަތް ވޯޓު ދިނުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް(ސިއްޕެ) އެމްޑީޕީގެ މެންބަރުން ކިބައިން އެދިވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަ...

އިހަވަންދިއްޕޮޅުން މާލެ ދިއުމަށް ކުރިމަތިވި ތަކުލީފަށް ހައްލު ހޯދީ އެންމެ 2 އަހަރުން: ސިއްޕެ
Thiladhunmathi News

އިހަވަންދިއްޕޮޅުން މާލެ ދިއުމަށް ކުރިމަތިވި ތަކުލީފަށް ހައްލު ހޯދީ އެންމެ 2 އަހަރުން: ސިއްޕެ

ގައްލަންދޫ ކަނޑުގެ ބިޔަ ރާޅުތައް ހުރަސްކޮށް އިހަވަންދިއްޕޮޅުން މާލެ ދިއުމަށް ކުރިމަތިވި ތަކުލީފަށް މިވަނީ އެންމެ 2 އަހަރުން ހައްލު ހޯދައިދީފައިކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާޒް(ސިއްޕެ) ވިދާޅުވެއްޖެ އެވެ. އިއްޔެ ރަސްމީކޮން ހުޅުވިގެން ދިޔަ ހއ. ހޯރަފުށީ ޑޮމެސްޓިކް އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ވީޑިއޯއެއް ހިއްސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ސީދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) ގެ ސަރ...