ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސޯޅަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު، ނަފްސުގެ ރައްކާތެރިކަމާއި، ސިއްރިޔާތުގައި އަޑީގައި ތިބިގެން ނޭނގި ހިންގަމުންދާ ކެމްޕެއިނެއްގެ ވަރުގަދަ ކަމުގެ އިހުސާސް ކުރެއްވޭ ކަމަށް އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ 177 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ޒޫމް މެދުވެރިކޮށް ކުރިއަށް ދިޔަ އެ ޖަލްސާގައި ސިއްޕެ ވިދާޅުވީ 16 އަހަރަކީ ވަރަށް ދިގު މުއްދަތެއް ކަމަށާއި، އެ މުއްދަތުގައި އެމްޑީޕީއަށް ވަރަށް ގިނަ ކަންކަން ވަނީ ހާސިލް ކުރެވިފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ދަތިތަކާއި ބޮޑެތި އުނދަގޫތަކުން އަރައި ގަނެވުނުކަމަށް ހީވި ދަނޑިވަޅުތައް ވެސް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިއަދު ހުއްޓި ބައްލަވާއިރު، އެކިއިރު އެކިކަންތައްތައް އެކިގޮތްގޮތަށް ކުރަންވެފައި ހުއްޓާ އަދިވެސް ފެނިވަޑައިގަންނަަވާ ކަމަށް ސިއްޕެ ވިދާޅުވިއެވެ.

ސިއްޕެ ވިދާޅުވީ، އޭރު ބޮޑު ހަނދާނެއްގެ ގޮތުގައި ސައިރަންގެ ބިރުވެރި އަޑު ހަނދާނަށް އަންނަ ކަމަށާއި، ނަމަވެސް އެބިރުވެރިކަމާއެކު އެތައް ބަޔަކު ކުރިމަސައްކަތުން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގޭ ގޮތް މިއަދު ވެފައިވާ ކަމަށެވެ.

މިގޮތުން ޚިޔާލު ފާޅުކުރެވޭ ގޮތްހޯދި އަދި ނޫސްވެރިންނަށް ޝުޢޫރު ފާޅުކުރެވޭގޮތްވެސް ވަނީވެފައި ފަހިވެގެން ގޮސްފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭރު ހިނގަމުންދިޔަ އެންމެ ބޮޑެތި ކަންތައްތަކުގެ ތެރޭގައި ހިމެނޭ ޖަލުތަކުގައި ހިނގަމުންދިޔަ ލާއިންސާނީ އަނިޔާއަށްވުރެ ބިރުވެރިކަމެއް ހަޔާތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި، މިއަދު ޖަލުތަކުގައި ލާއިންސާނީ އަނިޔާ ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަނިޔާ އެއްކޮށް ނުހުއްޓޭކަމަށް އަދިވެސް ޝަކުވާ ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އޭރުއޮތް ބިރުވެރިކަން ހަމަގައިމުވެސް މިހާރަކު ނެތްކަމަށާއި، މުޅިންއާ ގާނޫނު އަސާސީއެއް ވުޖޫދުކުރެވި، މިނިވަން މުއައްސަސާތައް އުފެދި، ރީތިކޮށް ވެރިކަން ކުރެވޭނެ ނިޒާމް ބައްޓަން ކުރެވިގެން ގޮސްފިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއިން އެއްވެސް ކަމަކީ އެހެން ބަޔަކު ކުރިކަމެއްނޫން ކަމަށާއި، އެއީ އެމްޑީޕީން ކުރިކަންކަން ކަމަށް ސިއްޕެ ވިދާޅުވިއެވެ.

ފުރަތަމަ ގާނޫނު އަސާސީ ތަސްދީދުކުރަން ކުރަންޖެހުނު މަސައްކަތް ހަނދާން އާކުރަށްވަމުން ސިއްޕެ ވިދާޅުވީ، އެ ގާނޫނުއަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރީވެސް އެމްޑީޕީން ކަމަށެވެ. އެއަށްފަހު އެ ވެރިކަމުގައި ލިބުނު ދުވަސްކޮޅު އެތައް އިޖުތީމާއީ އެހީތެރިކަން ރައްޔިތުން ފޯރުކޮށް ދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ބަޣާވާތަކުން ވެރިކަން ވައްޓާލުމުން އެމްޑީޕީގެ މެންބަރުން މަގުމަތިވެ 7 އަހަރެއްހާ ދުވަހުތިބެން ޖެހުނުކަމަށާއި، އެ މެންބަރުން މަގުމަތީ އެތައް ހިތްވަރެއްކޮށް އަނެއްކާ ތިބީ ވެރިކަމަށް އައިސް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން ފާހަގަކުރި ގޮތަށް އެކިއިރު އެކިކަންކަމޭ ކުރަން ޖެހިފައި މިއޮންނަނީ އެއްވެސް ކަމެއް ނިމުނީކަމަށް ދެކެން އަދި އުނދަގުލޭ، 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރުވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އިނގިވަޑައިގަންނަވާނެ މިއަދު މިހުރިހާ ކަމެއް ހާސިލްވި އިރުވެސް ނުތަނަވަސްކަން އެބަހުރި، އެންމެ ބޮޑު ނުތަނަވަސްކަމަކީ ސޯޅަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު ނަފްސުގެ ރައްކާތެރިކަމާއި، ސިއްރިޔާތުގައި އަޑީގައި ތިބިގެން ނޭނގި ހިންގަމުންދާ ކެމްޕެއިނެއްގެ ވަރުގަދަ ކަމުގެ އިހުސާސްއެބަކުރެވޭ،" ސިއްޕެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ މިއަދު ދައްކަންޖެހިފައިވާ އެވާހަކައެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މާތްވެގެންވާ މިރީތި އިސްލާމްދީނުގެ ސިފަތައް، އިސްލާމްދިނާއި ބީރަށްޓެހި ގޮތްތަކެއް މިތަނުގައި ތައާރަފްކޮށް އިސްލާމްދީނާއި ނުގުޅޭ ޒާތު ކެމްޕޭނެއް މިތަނުގައި ހިނގާ އެއީ އިސްލާމް ދީން ކަމަށް ދައްކަން ބަޔަކު ކުރާ މަސައްކަތް ނުހަނު ބާރަށް ކުރިއަށްދޭ، މިއީ ފަސޭހަކަމެއްނޫން، މިކަންކަމާ ކެރިގެން ކުރިމަތިލާންޖެހޭ، މި ޕާޓީން އަތްއުރާލައިގެން ތިބެވޭކަމެއްނޫން މިއަކީއެއް" ސިއްޕެ ވިދާޅުވިއެވެ.

ސޯޅަ ވަނަ އަހަރީ ދުވަސް ފާހަގަކުރާއިރު މަސައްކަތް ނިމުނީ ކަމަށް ދެކިގެން ނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން އެކަމުގެ ހެއްކެތްގެ ގޮތުގައި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފުރާނަފުޅަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާ އޭނާ ފާހަގަ ކުރެއްވިއެވެ.

ސިއްޕެ ވިދާޅުވީ، މާލޭގެ މަގުތައް މަތީ މިފަދަ އެތައް ކަމެއް ހިނގަމުންދާ ކަމަށާއި، މިކަންކަމާ ދެކޮޅަށް ބަސްބުނާ ކޮންމެ މީހަކީ މި ދުނިޔޭން ނައްތާލަން ޖެހިފައިވާ މީހެއްކަމަށް ބަޔަކު ވިސްނައި ދެމުން ގެންދާ ކަމަށެވެ.