މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން

48 Stories filed
ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި
Raajje

ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ހަނިމާދޫއަށް ކުރައްވާ ޒިޔާރަތުގައެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަތާރު ހަސަނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑ...

ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި
Raajje

ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ފިނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިރޭ  އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ފިނޭ ކައުންސިލްގެ ރައީސް އަދުނާން ޢަބުދުﷲ އެވެ. މި ތަން ތަރައްގީކުރަން ހަވާލުކޮށްފައި ވަނީ އެމްއޭސީއެލް އާ އެވެ. ފިނޭ ރައްޔިތުންނާ ބައްދަލުކުރަށްވައި […]

ހޯރަފުއްޓާއި އުލިގަމު ފުޓްސަލް ދަނޑު ތަރައްްގީކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހޯރަފުއްޓާއި އުލިގަމު ފުޓްސަލް ދަނޑު ތަރައްްގީކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުއްޓާއި، ހއ. އުލަގަމު ފުޓްސަލް ދަނޑު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ. މިކަމަށް ހުޅުވާލަމުން އެ ވުޒާރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހޯރަފުށީގައި ފުޓްސަލް ދަނޑު ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް https://forms.gle/3eXP5u2xwZdSr5wj6 މެދުވެރިކޮށް “ބިޑް ރަޖިސްޓްރީ ފޯމް” ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށެވެ. މީގެ އިތުރުން އުލިގަމުގައި ފުޓްސަލް ދަނޑ...

ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ. ފިއްލަދޫގައި ޤާއިމްކުރި މި ވޮލީބޯޅަ ކޯޓަކީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިންގެން ރަށް ރަށުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ތަރައްްޤީކޮށްފައިވާ ވޮލީބޯޅަ ކޯޓެކެވެ. އެގޮތުން މި ވޮލީބޯޅަ ކޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ކޯޓު ހުޅުވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުالله ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ފިއްލަދޫ ކައ...

ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ 24 މަޝްރޫޢުއެއް ދެ ކުންފުންޏަކާއި ހަވާލުކޮށްފި
Raajje

ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ 24 މަޝްރޫޢުއެއް ދެ ކުންފުންޏަކާއި ހަވާލުކޮށްފި

ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ 24 މަޝްރޫޢުއެއް ސަރުކާރުގެ ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ހާމަކޮށްފައިވާ ގޮތުގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ގޮތުން ހއ އަތޮޅު ހިމެނޭހެން 5 އަތޮޅެއްގެ ބައެއް ރަށްރަށުގެ 13 މަޝްރޫޢުއެއްގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކުރުމުގެ ގޮތުން ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މި...

ކޯޗު ސާންތީ ނިޔާވެއްޖެ، ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
Raajje

ކޯޗު ސާންތީ ނިޔާވެއްޖެ، ކަށުނަމާދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ ކެންސަރު ބަލީގައި، ހާލު ދެރަވެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ސާންތީ އަކީ ރާއްޖޭން އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އޭނާ ވަނީ ގައުމީ ލެވެލްގެ އިތުރުން ކްލަބް ލެވެލްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ސާންތީގެ މޫނު ދެއްކުން އޮންނާނީ މިއަދު ހެނދުނު 9:30 އިން […]

މުރައިދޫ ފުޓްބޯޅަ ދަނޑުގައި ފެންސްޖަހައި ބިލެތްފަހީގައި ފިޓްނަސް ސެންޓަރެއް ޤާއިމްކުރަން ހަވާލުކޮށްފި
Thiladhunmathi News

މުރައިދޫ ފުޓްބޯޅަ ދަނޑުގައި ފެންސްޖަހައި ބިލެތްފަހީގައި ފިޓްނަސް ސެންޓަރެއް ޤާއިމްކުރަން ހަވާލުކޮށްފި

ށ. ބިލެތްފަހީގައި ފިޓްްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް (އެފްއާރުސީ) ޤާއިމްކޮށް، ހއ. މުރައިދޫ ފުޓް ބޯޅަދަނޑުގެ ވަށާފާރު ރާނާ ފެންސް ޖެހުން ހިމެނޭހެން ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުތަކެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި މަސައްކަތަކީ ރަށްރަށުގައި ހުއްޓިފައިވާ ކުޅިވަރުގެ މަޝްރޫޢުތައް ފުރިހަމަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ހިންގާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި ދެ މަޝްރޫޢު ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފ...

އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ހުޅުވައި ފުޓްބޯޅަ ދަނޑު ތަރައްގީކުރަން ސޮއިކޮށްފި
Thiladhunmathi News

އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ހުޅުވައި ފުޓްބޯޅަ ދަނޑު ތަރައްގީކުރަން ސޮއިކޮށްފި

ހއ. އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައި، އެރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. އިހަވަންދޫ ވޮލީ ކޯޓާއި ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުވައި، އެރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އިހަވަންދޫ ހުރަވީ ވޮލީ ކޯޓާއި ހިންނަ ފުޓްސެލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. މި ދެތަނަކީ ވެސް ސަރުކާރުގެ […...

ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި
Thiladhunmathi News

ނޮޅިވަރަމް ޓާފު ދަނޑު ރަސްމީކޮށް ހުޅުވައި ކައުންސިލްކަޕް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމްގައި ޓާފް އަޅައިގެން ތަރައްގީކުރި ބޮޑު ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައި “ނޮޅިވަރަމް ކައުންސިލް ކަޕް 2024” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. އިއްޔެ ހަވީރު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތާއި ރަސްމީކޮށް އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، އެ ރަށަށް ވަޑައިގެން ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. ނޮޅިވަރަމްގައި އެ ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ މަސައްކަތް […]

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފި
Raajje

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފި

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ހަށިހެޔޮ ރާއްޖެ” ޕްރޮގްރާމު މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްފައި ވަނީ މިއަދު ހަވީރު އުތުރުން ހދ. ކުޅުދުއްފުށީ ސިޓީގައެވެ. އެކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ވޭތުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު...

އަމާޒަކަށް ހަދަންވީ ކުރިއެރުން ހޯދައި ކާމިޔާބީ ހޯދުން: ރާފިޢު
Raajje

އަމާޒަކަށް ހަދަންވީ ކުރިއެރުން ހޯދައި ކާމިޔާބީ ހޯދުން: ރާފިޢު

އަބަދުވެސް އަމާޒަކަށް ހަދަންވީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، ކާމިޔާބީ ހޯދުންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. ކާވާ އަންހެން ވޮލީބޯޅަ ޗެލެންޖު 2024 ގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލްކޮށްދެއްވުމަށްފަހު ޓީމާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އަބަދުވެސް އަމާޒަކަށް ހަދަންވީ ކުރިއަށްވުރެ ރަނގަޅަށް ޕާފޯމްކޮށް، ކާމިޔާބީ ހޯދުމާއެކު ކުރިއަށްވުރެ ރަނގަޅަށް ކުޅެ އިތުރު ހަރުފަތެއް ގިރާކުރުމަށް ކަމަށެވެ. ގައުމީ ޓީމްގެ ކުޅުންތެރިންނަށް ހިތްވަރު ދެ...

ބައިނަލްއަގުވާމީ އާޓް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: އަސްވާޑު
Raajje

ބައިނަލްއަގުވާމީ އާޓް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: އަސްވާޑު

ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިރޭ ވިދާޅުވެއްޖެއެވެ. “އަންވެއިލިން ވިޝަން 2024” ގެ ނަމުގައި އާޓް ގެލަރީގައި ކުރިޔަށްދާ މައުރަޒާ ގުޅޭ ގޮތުން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އަސްވާޑް ވިދާޅުވީ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުން...

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ފަސްކޮށްފި
Raajje

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ފަސްކޮށްފި

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހު ބާއްވާގޮތަށް އެ އެވޯޑް ބާއްވާ ތާރީޚަށް ބަދަލުގެނެސްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު ބުނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހު ބާއްވާގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. މި އެ ވޯޑު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ ޖޫން މަހުގެ 27 ގައެވެ. ނަމަަވެސް މިހާރު އެ އެވޯޑު ބާއްވަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ 4 ގައެވެ. މި އެވޯޑު […]

''ހުޅުމާލޭގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެ''
Raajje

''ހުޅުމާލޭގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެ''

ހުޅުމާލޭގައި އަޅަން ނިންމާފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، އިންޑޯ ކުޅިވަރުތަކަށް ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ. ވަޒީރު ރާފިޢު މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ނިމުނު ގައުމީ ޗެސް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވަނީ ގިނަ ކުޅިވަރުތަކުގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ފާހަގަ ކުރަށްވާފައެވެ. އަދި މިކަމަށް ހައްލެއް ހޯދ...

ދިއްދޫ ހިމެނޭހެން ތިން ރަށެއްގައި ހަތަރު އައުޓްޑޯ ޖިމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ
Raajje

ދިއްދޫ ހިމެނޭހެން ތިން ރަށެއްގައި ހަތަރު އައުޓްޑޯ ޖިމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ

ހަތަރު އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފައި ވަނީ ހއ. ދިއްދޫ ހިމެނޭހެން އިތުރު ދެ ރަށެއްގައެވެ. ދިއްދޫގެ އިތުރުން ދެން މި ޖިމްތައް ގާއިމުކުރަނީ ގދ.ވާދޫގައި އެއް ޖިމު އަދި ސ. ހިތަދޫގައި ދެ ޖިމެވެ. ހިތަދޫގައި ދެ ޖިމު ގާއިމުކުރަނީ ހިތަދޫ ރަސްގެދަރަ  ...