Skip to main content
Topic Archive

#ވިޒިޓް މޯލްޑިވްސް

15 Stories filed
ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ލޯންޗުކޮށް، ކައުންސިލްތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭ ގޮތް ހަދައިފި
Business

ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ލޯންޗުކޮށް، ކައުންސިލްތަކަށް ވެސް އެވޯޑަށް ކުރިމަތިލެވޭ ގޮތް ހަދައިފި

އަންނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ “ވިޒިޓް މޯލްޑިވްސް އިޔަރ” ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން މި ކެމްޕެއިން އިފްތިތާޙުކުރުމާއެކު، ކެމްޕެއިންގެ ރަސްމީ ލޯގޯ އާއި ރަސްމީ ލަވަ އަދި ބްރޭންޑިން ވަނީ އާންމުކޮށް ދައްކާލާފައެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި މި ރަސްމިއްޔާތ...

ފަތުރުވެރިކަމުގެ 25 އަހަރުގެ ތަޖުރިބާއާއެކު، ވިޒިޓް މޯލްޑިވްސްގެ އެމްޑީއަކަށް ޔާސިރު
Business

ފަތުރުވެރިކަމުގެ 25 އަހަރުގެ ތަޖުރިބާއާއެކު، ވިޒިޓް މޯލްޑިވްސްގެ އެމްޑީއަކަށް ޔާސިރު

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމަށް، ފަތުރުވެރިކަމުގެ ދާއިރާގެ 25 އަހަރަށްވުރެ ދިގު ތަޖުރިބާ ހުންނެވި ޢަބްދުﷲ ޔާސިރު އައްޔަންކުރައްވައިފިއެވެ. ޔާސިރު އެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ވީއެމްސީން ބުނީ، އޭނާގެ ލީޑަޝިޕާއެކު އައު ޚިޔާލުތަކާއި އެއްބާރުލުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މާކެޓުތަކުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރަށް ވަރުގަދ...

130 އަށްވުރެ ގިނަ ރިސޯޓާއެކު ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ "ޓީޓީއެމް" ފަށައިފި
Business

130 އަށްވުރެ ގިނަ ރިސޯޓާއެކު ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ "ޓީޓީއެމް" ފަށައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ 10 ވަނަ އެޑިޝަން މާލޭގެ ބާސެލޯ ނަސަންދުރާގައި ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގެ ހަރަކާތްތައް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފެއާގައި 130 އަށްވުރެ ގިނަ ރިސޯޓުން ބައިވެރިވެއެވެ. މީގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުންވެސް މި ހަރަކާތުގައި ބައިވެރިވެއެވެ. މި […]

ޓޫރިޒަމް ޕްރޮމޯޓްކުރާ ކުންފުނީގެ އެމްޑީގެ މަޤާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
Business

ޓޫރިޒަމް ޕްރޮމޯޓްކުރާ ކުންފުނީގެ އެމްޑީގެ މަޤާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި

ރާއްޖޭގެ ޓޫރިޒަމް ޕޮރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އިބްރާޙިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ. އިބްރާހިމް ޝިއުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ. ޝިއުރީއަކީ މާކެޓިންގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީވެސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން “...

ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ކްރޮސްރޯޑްސްގައި ބާއްވަނީ
Business

ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ކްރޮސްރޯޑްސްގައި ބާއްވަނީ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މިއަހަރުގެ ބޮޑު ގާލާ ސެރެމަނީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ޑެސްޓިނޭޝަން ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޑަބްލިއުޓީއޭގެ ވީއައިޕީ ރަސްމިއްޔާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2026 ގައެވެ. މި ތާރީޚަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ...

ރ.މީދޫގެ އީދު ކުޅިވަރުތައް ދުނިޔެއަށް ދައްކާލައި ރާއްޖެ އިޝްތިހާރުކުރަނީ
Raajje

ރ.މީދޫގެ އީދު ކުޅިވަރުތައް ދުނިޔެއަށް ދައްކާލައި ރާއްޖެ އިޝްތިހާރުކުރަނީ

މި އަހަރުގެ އަޟްޙާ ޢީދުގައި ރ. މީދޫގައި ބާއްވާ ސަޤާފީ ޢީދު ހަރަކާތްތައް ދުނިޔެއަށް ދައްކާލުމަށް ވިޒިޓް މޯލްޑިވްސް (ވީއެމްސީ) ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ މުއްސަނދި ސަޤާފަތާއި އަމިއްލަވަންތަ އާދަކާދަތައް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހާމަކޮށްދީ، ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމެވެ. މި ހަރަކާތްތައް ކަވަރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްގެ ޚާއްސަ ޓީމެއް ރ. މީދޫގައި މެއި 26 އިން 30 އަށް ހަރަކާތްތެރިވާގ...

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި
Business

ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓްގެ ގޮތުގައި ސްވައިޕް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައިފި އެވެ. ގައުމީ ބޭންކުން ބުނީ އެ ބޭންކުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްވައިޕް އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދުގައި މިކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އެންޑް މެނޭ...

ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް، ހޫނު މަރުހަބާއެއް
Raajje

ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް، ހޫނު މަރުހަބާއެއް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ބެތަނީ ސޭރާ ކެރްސްވެލް އެވެ. އޭނާ ރާއްޖެއައީ ފުރަތަމަ ފަހަރަށް ފިރިމީހާއާއެކު ހަނީމޫނަށެވެ. މި ލަޤަބު ލިބުމުން އުފާފާޅުކޮށް، ބެތަނީ ސޭރާ ވަނީ ދިވެހިންގެ ހިތްހެޔޮކަން ފާހަގަކޮށްފައެވެ. ދެ މިލިއަން ވަނަ ފަތުރުވެރިތާ އަށް މަރުޙަބާ ކިޔުމަށް ކުލަ ގަދަ ހަރަކާތްތަކެއް ބާއްވާފައިވާއިރު، މި ފަތުރުވެެރ...

ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފި
Raajje

ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި، ‘ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026’ ރަސްމީކޮށް ނެރެފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ގައިޑަކީ ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރެފައިވާ މުހިންމު ވަސީލަތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ދުނިޔޭގެ މާކެޓުތަކުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ގޮތުގައި އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މި ގައިޑު ނެރުމުގެ ރަސްމިއ...

އެއްފަހަރާ އެންމެ ގިނަ މީހުން ފެތުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއަށް
Raajje

އެއްފަހަރާ އެންމެ ގިނަ މީހުން ފެތުމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއަށް

އެއްފަހަރާ އެންމެ ގިނަ މީހުން ފެތުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލައި، ގިނިސް ވޯލްޑް ރެކޯޑު ފޮތުން ދިވެހިރާއްޖެއިން ޖާގަ ހޯދައިފިއެވެ. މި އުފާވެރި ކާމިޔާބީ ރާއްޖެއިން ހާސިލްކުރީ ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގުޅިގެން ކުރިއަށް ގެންދިޔަ “ބާނި” ހަރަކާތުގެ ތެރެއިން ކުރިއަށްގެންދިޔަ ފީނުމުގެ ހަރަކާތުގައެވެ. ބ.ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ތާރީޚީ ހަރަކާތުގައި ޖުމްލަ 623 މީހުން ބައިވެރިވެ، އެކި ސަރަހައްދުތަކަށް ފީނައި، ދުނިޔޭގެ އައު ރެކޯޑެއް ގާއިމ...

އިންޑިއާގެ ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކާމިޔާ ޖާނީ ރާއްޖެއަށް!
Raajje

އިންޑިއާގެ ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކާމިޔާ ޖާނީ ރާއްޖެއަށް!

ފުޑް، ޓްރެވަލް، އަދި ލައިފްސްޓައިލް ކޮންޓެންޓް ޕްލެޓްފޯމް ކަމުގައިވާ ކަރލީ ޓޭލްސްއާ އެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ. މެއި މަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ އިންޑިއާ މާކެޓުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، އިންޑިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ކެމްޕޭންގެ ތެރެއިން ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކަމިޔާ ޖަނީ ރާއްޖެއަށް ޒިޔާރަ...

އެމެރިކާގެ މަޝްހޫރު ޓްރެވަލް ގްރޫޕަކާއި އާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިނެއް ފަށައިފި
Business

އެމެރިކާގެ މަޝްހޫރު ޓްރެވަލް ގްރޫޕަކާއި އާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިނެއް ފަށައިފި

އެމެރިކާގެ މަޝްހޫރު “އައިޑީ ޓްރެވަލް ގްރޫޕް” އާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ ވަރަށް ހާއްސަ ކެންޕެއިނެއް ވިޒިޓް މޯލްޑިވްސްއިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ބުނެފިއެވެ. އެމް.އެމް.ޕީ.އާރު.ސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިކެންޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލްގެ ނިޔަލަށެވެ. އައިޑީ ޓްރެވަލް ގްރޫޕް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަތީ ފަންތީގެ ފަތ...

ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެއްބަސްވެއްޖެ
Business

ސީއެންއެންގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެއްބަސްވެއްޖެ

ދުނިޔޭގެ އެންމެ ބޮޑު ނިއުސް އެޖެންސީ ސީއެންއެން ގައި ރާއްޖޭގެ އިޝްތިހާރުތައް ދައްކަން އެއްބަސްވެއްޖެއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ސީއެންއެން އިންޓަނޭޝަނަލް ކޮމާޝަލް އާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީ އޮފީހުގައި މިމަހުގެ 20 ވަނަ ދުވަހުގައެވެ. މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދެވެ. އަދި ސީއެންއެންގެ ފަރާތުން ޑިރެކްޓަރ އޮފް ސޭލްސް އަބީޖީތް ދާރްއެވެ. މ...

ރާއްޖެއިން އައިއެލްޓީއެމްގައި ބައިވެރިވެއްޖެ
Business

ރާއްޖެއިން އައިއެލްޓީއެމްގައި ބައިވެރިވެއްޖެ

ލަގްޒަރީ ފަތުރުވެރިކަމަށް ހާއްސަ އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓު (އައިއެލްޓީއެމް) ފެއާގައި ރާއްޖޭން ބައިވެރިވެއްޖެއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕްރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނި ގޮތުގައި މި ފެއާގައި ފަތުރުވެރި ކަމުގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރާނެއެވެ. މިދިޔަ ހޯމަ ދުވަހު ފެށިބމި ފެއާ މިފަހަރު ކުރިއަށް ގެންދަނީ މިއަދުގެ ނިޔަލަށެވެ. ފެއާ ކުރިއަށަދަނީ މެކްސިކޯގެރިވިޔާ މާޔާގައެވެ. މި ފެއާގައި އުތުރު އެމެރިކާގެ ޓްރެވަލް ޓްރޭޑްގެ އެންމެ މަގްބޫލު ފަ...

Sports

ސެލްޓަ ވީގޯ ގެ ޖާޒީގައި "ވިޒިޓް މޯލްޑިވްސް"

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ގޮތުން ސްޕެއިންގެ ކްލަބެއް ކަމަށްވާ ސެލްޓަ ވީގޯ އާއެކު ހަދާ އެއްބަސްވުމުގެ ދަށުން އެ ކްލަބްގެ ޖޯޒީގައި “ވިޒިޓް މޯލްޑިވްސް” ގެ އިސްތިހާރު ޖެހުމަށް ހަމަޖެހިއްޖެއެވެ. އެގޮތުން ސެލްޓަ ވީގޯގެ ޖާޒީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ މިސްޕޮންސަރ ޖަހައިގެން ކުޅޭ ފުރަތަމަ މެޗަކީ ނޮވެމްބަރ 10 ވަނަ ދުވަހު ބާސެލޯނާ އާ ދެކޮޅަށް ބާސެލޯނާގެ ދަނޑުގައި ކުޅޭ މެޗް ކަމަށް ގައުމީ ޓީމްގެ ކަންކަމުގައި ލަފާދިނުމަށް އެފްއޭއެމުން އެކުލަވާލި ކޮމިޓީގެ ޗެއާމަން އަދި […]