ލަގްޒަރީ ފަތުރުވެރިކަމަށް ހާއްސަ އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓު (އައިއެލްޓީއެމް) ފެއާގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕްރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނި ގޮތުގައި މި ފެއާގައި ފަތުރުވެރި ކަމުގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރާނެއެވެ.

Ad
rt

މިދިޔަ ހޯމަ ދުވަހު ފެށިބމި ފެއާ މިފަހަރު ކުރިއަށް ގެންދަނީ މިއަދުގެ ނިޔަލަށެވެ. ފެއާ ކުރިއަށަދަނީ މެކްސިކޯގެރިވިޔާ މާޔާގައެވެ.

މި ފެއާގައި އުތުރު އެމެރިކާގެ ޓްރެވަލް ޓްރޭޑްގެ އެންމެ މަގްބޫލު ފަރާތްތަކުން ބައިވެރިވެއެވެ. އެގޮތުން 153 އަށްވުރެ ގިނަ ސިޓީއަށް ނިސްބަތްވާ މީހުންނާއި 60 ވޯލްޑްވައިޑް އެގްޒިބިޓަރުން ބައިވެރިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާގުޅިގެން ވަޅުޖަހާފައިވާ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމުގައި ރާއްޖޭގެ މައި ސިނާއަތު އަލުން އިހުގެ މަގަށް ރުޖޫއަކުރުމަށް އެމްއެމްޕީއާރްސީ އަންނަނީ ވަރަށް ގިނަ މަސައްކަތް ކުރަމުންނެވެ.

މިގޮތުން ދުނިޔޭގައި ރާއްޖެ އިޝްތިހާރުކޮށް، ރައްކާތެރި ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ ފެއާތަކެއްގައާއި، ރޯޑް ޝޯތަކުގައި ވެސް ބައިވެރިވަމުންނެވެ.

މިގޮތުން ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި އިސްތިހާރު ކުރުމަށް ހާއްސަ ވެބިނާ ސީރީޒެއް ވެސް އެމްއެމްޕީއާރްސީއިން ވަނީ ފަށާފައެވެ.

ކޯވިޑްގެ މިހާލަތުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިރުން ގެނެސް، އަލުން އެ ސިނާއަތު ކޮޅަށް ޖެހުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރެއިން "ރީޑިސްކަވާ މޯލްޑިވްސް ވެބިނާ ސީރީޒް" ގެ ނަމުގައި ކުރިޔަށްގެންދާ މި ކެމްޕެއިން ކުރިއަށް ދާނީ އެންމެ ބޮޑު ޓޫރިސްޓު މާކެޓުތަކުގެ ޓްރެވަލް ޓްރޭޑް އާއި މީޑިއާއަށް ހާއްސަކޮށްގެން ކަމަށް އެމްއެމްޕީއާރްސީން ވަނީ ކުރިން ބުނެފައެވެ.