ރާއްޖޭގެ ޓޫރިޒަމް ޕޮރޮމޯޓް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އިބްރާޙިމް ޝިއުރީ އިސްތިއުފާ ދެއްވައިފިއެވެ.
އިބްރާހިމް ޝިއުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ.
ޝިއުރީއަކީ މާކެޓިންގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީވެސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ކުރިން "މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" (އެމް.އެމް.ޕީ.އާރު.ސީ) ގެ ނަމުގައި ހިންގަމުން އައި މި ކުންފުނީގެ ނަން "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމަށް ބަދަލުކުރައްވާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.
ވިޒިޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މައި ކުންފުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!