ނަތަންޔާހޫގެ ރަސްމީ ގޭދޮށުގައި ބަންދުގައި ތިބި މީހުންގެ އާއިލާތަކުން އިހުތިޖާޖުކުރަނީ
ޣައްޒާގައި އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ބަންދުގައި ތިބި އިސްރާއީލު މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނެ، އެމީހުންގެ އާއިލާތަކުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ގޭދޮށުގައި އިހުތިޖާޖުކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އިހުތިޖާޖުގައި އެ އާއިލާތަކުން ވަނީ އެމީހުންގެ ލޯބިވާ މީހުންގެ ސަލާމަތަށްޓަކައި އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލާފައެވެ. ‘ދަ ޓައިމްސް އޮފް އިސްރާއީލުން’ ރިޕޯޓު ކުރާ ގޮތުގައި، ބަންދުގައި ތިބި ބައެއް މީހުންކަމަށްވާ މަތާން ޒަންގަ...