ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔުއެފާ ސްޕަ ކަޕްގައި އަނިޔާވެރި އިސްރާއީލަށް މެސެޖެއް ދީފިއެވެ.
މިގޮތުން މި ސީޒަން ހުޅުވުމަށް ފްރާންސްގެ ޕެރިސް ސެއިންޓް-ޖަރމަން (ޕީއެސްޖީ) އާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމް އާ ދެމެދު ކުޅެވުނު ޔޫއެފާ ސުޕަރ ކަޕް މެޗުގެ ކުރިން އިސްރާއީލަށް މެސެޖެއްދީ ޣައްޒާއާ ގުޅޭގޮތުން "ކުޑަކުދިން ޝަހީދުކުރުން ހުއްޓާލާ! އާންމު ރައްޔިތުން ޝަހީދުކުރުން ހުއްޓާލާ!" މި ލިޔުން ހިމެނޭ ބެނަރެއް ދައްކާފައިވެއެވެ.
"މެސެޖް ވަރަށް ސާފު، ބެނަރެއް. ގޮވާލުމެއް" ބުދަ ދުވަހު އެކްސްގައި ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޔޫއެފާ ފައުންޑޭޝަން ފޯ ޗިލްޑްރަން އިން އެކި ސަރަހައްދުތަކުގެ ހަނގުރާމައިގެ އަސަރުކޮށްފައިވާ ކުދިންނަށް އެހީތެރިވާނެކަމަށް އިޢުލާނުކުރުމަށްފަހު، މި މެޗުގެ ކުރިން، ހަނގުރާމައިގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގެ އެކި ކުދިން، އޭގެ ތެރޭގައި ޣައްޒާގެ ދެ ކުއްޖަކު ހިމެނޭގޮތަށް، މި ބެނަރު ހިފައިގެން ނުކުތެވެ.
މިއީ "ފަލަސްޠީނުގެ ޕެލޭ" ގެ ނަމުން މަޝްހޫރު ސުލައިމާން އަލް-އޮބައިދްގެ މަރާ ގުޅިގެން ޔޫއެފާއިން ނެރުނު ކުޑަ ހަނދާނީ ބަޔާނަށް ލިވަރޕޫލްގެ މުހައްމަދު ސަލާހް ފާޑުކިޔުމަށްފަހު ޔުއެފާއިން އިސްރާއީލަށް ދިން މެސެޖެއްކަން ފާހަގަކޮށްލެވެއެވެ. އެ ބަޔާނުގައި ޞަލާހް ވަނީ ޣައްޒާގައި އިސްރާއީލުން "ފަލަސްޠީނުގެ ޕެލޭ" ޝަހީދުކޮށްލީ އިސްރާއީލުންކަމަށް ޔުއެފާއަށް ބުނަން ނުކުރުމާއި، އިސްރާއީލްގެ އެ ޖައްބާރު ޢަމަލު ކުށްވެރިކުރަން ނުކުރެމުން ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި "ފަލަސްޠީނުގެ ޕެލޭ" ޝަހީދުކޮށްލެވުނީ ކޮންތާކު ކިހިނެއްތޯ ކިޔައިދެވިދާނެތޯ ވަނީ ސުވާލުކޮށްފައެވެ.

ފާއިތުވި ހަފްތާގައި ޔޫއެފާއިން ބުނީ ފަލަސްތީނު ޕެލޭ ނުވަތަ އަލް-އޮބައިދަކީ އެންމެ އަނދިރި ވަގުތުތަކުގައިވެސް އެތައް ކުދިންނަކަށް އުންމީދު ދިން ހުނަރުވެރިއެއް" ކަމަށެވެ.
ޔުއެފާގެ އެ ބަޔާން ރީޓްވީޓްކޮށް "އޭނާ މަރުވީ ކިހިނެއްތޯ، ކޮންތާކުތޯ، އަދި ކީއްވެތޯ އަހަމެންނަށް ބުނެދެވިދާނެތޯ؟" ޞަލާޙް ވަނީ ސުވާލުކޮށްފައެވެ.
ޞޮލާޙްގެ ފާޑުކިޔުމަށް އޭގެފަހުން މިހާތަނަށް ގާތްގަނޑަކަށް 115 މިލިއަން ވިއު ލިބި، އިސްރާއީލްގެ ނަން އެއްވެސް ގޮތަކަށް ނުހިމަނާ ދޫކޮށްލި ޔޫރަޕިއަން ފުޓްބޯޅަ ހިންގާ މައި މަރުކަޒަށް ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
Two Palestinian refugee children are taking part in the medal ceremony alongside UEFA President Aleksander Čeferin at the 2025 UEFA Super Cup following an invitation from the @UEFA_Foundation for Children. pic.twitter.com/YWE4vOppTL
— UEFA (@UEFA) August 13, 2025
ޕްރިމިއަރ ލީގުގެ ތާރީޚުގައި މިހާރުވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މިސުރުގެ ފޯވަޑް ވަނީ ޣައްޒާގައި ހިންގަމުންދާ ނަސްލު ފޮހެލުމުގެ ޢަމަލުތަކުގެ ފުރަތަމަ ހަފްތާތަކުގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ، ހިޞާރުކުރެވިފައިވާ ސަރަހައްދަށް އިންސާނީ އެހީ ވެއްދުމަށް އެދިފައެވެ.
ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔުއެފާ ސްޕަ ކަޕްގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ފްރާންސްގެ ޕީއެސްޖީންނެވެ. ރޭ މެޗު ޕީއެސްޖީން ކާމިޔާބުކުރީ ޓޮޓެންހަމުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑުޖަހައި (2-2) އެއްވަރުކޮށް ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!