މިލަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ޑިންގީ އެނދި: ފުލުހުން
ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާގައި ތިން ޑިންގީއެއް އެނދިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިލަންދޫ ފައިބަރ މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ (1 ޖޫން 2026) 23:09 ކަންހާއިރު ކަމަށެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށް ވެސް […]