މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އިލެކްޝަން ކޮމިޝަން

344 Stories filed
ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. އިންތިޚާބުކުރާ މަޤާމުތަކާއި ދާއިރާތައް މި އިންތިޚާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ހޮނިހިރު ދުވަހު ހުޅުވާލަނީ
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ހޮނިހިރު ދުވަހު ހުޅުވާލަނީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 17 ވާ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. މިފަހަރުގެ އިންތިޚާބުގެ ޚާއްޞަ ކަމަކީ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހެޅުމުގައި ގެނެސްފައިވާ ބަދަލެވެ. އެގޮތުން، ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅަންޖެހެނީ އޮންލައިން ޕޯ...

ލޯފަން މީހުން ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި
Raajje

ލޯފަން މީހުން ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގެ އިންތިޒާމް ހަ...

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާއެއް
Raajje

ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް 315 ޝަކުވާއެއް

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް އިއްޔެ ހަވީރު 06:00 ގެ ނިޔަލަށް 315 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށް ލިބިފައިވާ މި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމާއި، ރަށ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބުގައި 621 ވޯޓު ފޮށި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބުގައި 621 ވޯޓު ފޮށި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ބަހައްޓާނެ ވޯޓު ފޮށިތަކުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ. 4 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މަޢުލޫމާތުގައި ވޯޓުފޮށީގެ ނަންބަރު، ކޯޑު، ވޯޓުލާ ސަރަޙައްދު އަދި ފޮށި ބަހައްޓާ ރަށ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ރަޖިސްޓަރީ ދިވެހިސަރުކާރުގެ ގެޒެޓާއި، އެ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާތަކުން ފެންނަން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ނަންބަރު 1414 އަށް VR (s...

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
Raajje

އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. އީސީގެ މެމްބަރުކަމަށް ހުޅުވާލީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ، މުއްދަތު ހަމަވާތީއެވެ. އެއީ ޑރ. މުހައްމަދު ޒާހިރު އެވެ. ރައީސް އޮފީހުން އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ، މިއަދުން ފެށިގެން 21 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސ...

ކެންޑިޑޭޓުން ފޯމު ހުށަހަޅާ ޕޯޓަލް ހުޅުވާލައިފި
News

ކެންޑިޑޭޓުން ފޯމު ހުށަހަޅާ ޕޯޓަލް ހުޅުވާލައިފި

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފޯމު ފުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ. މި ޕޯޓަލް މެދުވެރިކޮށް ކުރިމަތިލާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަކުރުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަޕްލޯޑުކުރުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ރަސްމީ ތާ...

ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ އިންތިޚާބަށް 7000 އޮފިޝަލުން ތަމްރީނު ކުރަނީ
Raajje

ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ އިންތިޚާބަށް 7000 އޮފިޝަލުން ތަމްރީނު ކުރަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިޚާބަށް ބޭނުންވާ 7000 އެއްހައި އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ. މި ތަމްރީނު ޕްރޮގްރާމަށް ބޭނުންވާ ޓްރެއިނަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވަނީ ސީއެޗްއެސްސީގައި ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ޓްރެއިނަރުން ތަމްރީނު ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ....

ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭގޮތަށް ހަމަޖައްސައިފި
Raajje

ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭގޮތަށް ހަމަޖައްސައިފި

ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމާއި، ޕާޓީތަކުން ވަކިވުމުގެ ކަންކަން މިހާރަށްވުރެ ލުއިފަސޭހަކޮށް އަދި އަވަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ. މި ބަދަލުތަކަކީ ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޅި ފިޔަވަޅުތަކެކެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ ކޮމިޝަންގެ ‘މައި ޕޯޓަލް’ މެދުވެރިކޮށް ޕާޓީއަކަށް ވަނުމަށް އެދި ހުށަހަޅާ ރިކުއެސްޓްތައް 30 ދުވަހުގެ ތެރޭގައި އެ ޕާޓީއަކުން ޕްރޮސެސް ނުކޮށްފިނަމަ، އެ މީހަކ...

ދައުލަތުން ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް، މެމްބަރުން އަދަދު ހަމަނުވެ އަދާލަތު އުނިވެއްޖެ
Raajje

ދައުލަތުން ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް، މެމްބަރުން އަދަދު ހަމަނުވެ އަދާލަތު އުނިވެއްޖެ

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކުރި މުއްދަތާއި ހަމައަށް 10،000 މެމްބަރުންގެ އަދަދު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ. އީސީން ބުނީ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ދުވަސް ކަމަށްވާ މިދިޔަ ނޮވެމްބަރު 25 ގެ ނިޔަލަށް 10،000 މެމްބަރުން ހަމަވަނީ ހަތަރު ޕާޓީއެއްގައި ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދެނީ 10،000 މެމްބަރުން ހަމަވާ […]

ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް މަހުގެ 4 ގައި
Raajje

ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް މަހުގެ 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމަވައި، އެކަން ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ. މި އިންތިޚާބަކީ ޖުމްލަ 226 ދާއިރާއަކުން، ކައުންސިލްތަކުގެ މެންބަރުންނާއި ޑަބްލިއުޑީސީގެ މެންބަރުން އިންތިޚާބުކުރާނެ އިންތިޚާބެކެވެ. އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދު...

އައްޑޫ ވޯޓު: ހުޅުދޫ އާއި މީދޫ ބޭނުންވީ ވަކި ކައުންސިލް ހަދަން
Raajje

އައްޑޫ ވޯޓު: ހުޅުދޫ އާއި މީދޫ ބޭނުންވީ ވަކި ކައުންސިލް ހަދަން

އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި އޮންނަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިއަދު ނެގި ވޯޓުގައި ހުޅުދޫ އަދި މީދޫން ވޯޓުލީ މީހުންގެ މެޖޯރިޓީ ސިޓީ ކައުންސިލުން ވަކިވާން ވޯޓު ދީފިއެވެ. އެ ދެރަށަށް ނިސްބަތްވާ ވޯޓުދިން މީހުންގެ އަޢުލަބިއްޔަތުން މި ނަތީޖާ ދައްކާއިރު، ފޭދޫން ވޯޓުދިން މީހުންގެ މެޖޯރިޓީ ބުނެފައި ވަނީ ސިޓީ ކައުންސިލްގެ ދަށުގައި އޮންނަން ބޭނުންވާ ކަމަށެވެ. މިއަދު ހެނދުނު 8:00 ގައި […]

އައްޑޫ ވޯޓު: ބާކީ ދެ ގަޑިއިރަށްވީއިރު ވޯޓުލީ 27.8 އިންސައްތަ މީހުން
Raajje

އައްޑޫ ވޯޓު: ބާކީ ދެ ގަޑިއިރަށްވީއިރު ވޯޓުލީ 27.8 އިންސައްތަ މީހުން

‏އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓުލުން ކުރިއަށްދާއިރު މެންދުރު 14:00 އާއި ހަމައަށް ވޯޓުލާފައި ވަނީ 27.8 މީހުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އާއި ހަމައަށެވެ. އެހެންކަމުން އީސީން ހާމަކުރި މައުލޫމާތަށް ބަލާއިރު ވޯޓުލުމަށް ދެ ގަޑިއިރު ބާކީ އޮތް އިރު 14:00 އާއި ހަމައަށް ވޯޓުލާފައި […]

އައްޑޫގެ ޚިޔާލު ހޯދުމުގެ ވޯޓުލުން ފަށައިފި
Raajje

އައްޑޫގެ ޚިޔާލު ހޯދުމުގެ ވޯޓުލުން ފަށައިފި

‏އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު މިއަދު ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އައްޑޫސިޓީ ފޭދޫ، ހުޅުދޫއާއި މީދޫގެ ހުރިހާ ވޯޓު ފޮއްޓެއްގައިވެސް ވޯޓުލުން މިހާރު ކުރިއަށްދާ ކަމަށެވެ. މި ވޯޓުގައި ފޭދޫ އާއި ހުޅުދޫ އާއި މީދޫ އަދި މާލޭގައި 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އާއި ހަމައަށެވެ. ހަވީރު 4:00 ގައި […]