"ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް"ގެ ނަމުގައި އައު ސިޔާސީ ޕާޓިއެއް އުފައްދަން ހުއްދަ ދީފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ "ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް"ގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެެވެ.

Ad
rt

އީސީއިން އަލަށް ހުއްދަ ދިން މި ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދީފައިވަނީ މާލޭ ސިޓީގެ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދަށެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުން 3 މަސްދުވަހުގެ ތެރޭގައި އެ ޕާޓީން ސައްޙަ 3،000 މެންބަރުންގެ ސޮއި ހަމަ ކޮށް އީސީއަށް ހުށަހަޅަން ޖެހޭނެއެވެ.

މިހާރު ރާއްޖޭގައި އޮންނަނީ ރަޖިސްޓަރީ ކޮށްގެން ހިންގާ 10 ޕާޓީއެކެވެ. އެ ޕާޓީ ތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އެމްޑީއޭ، އަދާލަތު ޕާޓީ، ޕީއެންސީ، އެމްޓީޑީ، އެމްއާރުއެމް، ލޭބަރ ޕާޓީ އަދި ޑީއާރުޕީއެވެ.

މި ދިހަ ޕާޓީގެ ތެރެއިން 10 ހާސް މެންބަރުން ހަމަ ވަނީ އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީގައި އެކަންޏެވެ.