ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްއެންޕީއިން ހުޅުވާލައިފި
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުޅުވާލައިފިއެވެ. އެމްއެންޕީން މިއަދު ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އެފުރުޞަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 26 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 17:00 ކުރިން...