އެއިރަކު އޮންނަ ސަރުކާރަކުން ވަކި ގައުމަކަށް ބަރޯސާވުމަކީ ސިޔާސީ ލީޑަރުންގެ ބަލިކަށިކަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންތިޤާލީ އެއް ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށް ދިޔަ އެމްއެންޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޟް ވިދާޅުވީ، "އިންޑިއާ އައުޓް" ކެމްޕޭން އެ ޕާޓީން ޤަބޫލު ނުކުރަށްވާކަމަށާއި، އެހެން ދަންނަވާ ބައިވަރު ސަބަބުތައް ވެސް އެބަހުރި ކަމަށެވެ.

Ad
rt

އެމްއެންޕީ ޤަބޫލުކުރަނީ އިންޑިއާއަކީ ވެސް ޗައިނާއަކީ ވެސް ދިވެހިރާއްޖެއާއި ރައްޔިތުންނަށް މުހިންމު ބައިވެރިންތަކެއް ކަމަށް ރިޔާޟް ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ޤައުމަކާ ސީދާ ދިމާކޮށްލައިގެން ގޮސް، މަގުމައްޗަށް ނުކުމެހެދުން އެއީ ތާއީދުކުރާ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކި ގައުމަކަށް އޭރަކު އޮންނަ ސަރުކާރެއް ޑިޕެންޑް މިވަނީ އެއީ ޕޮލިޓިކަލް ލީޑަރުންގެ ވީކްނަސް އިނގޭތޯ، މިސާލަކަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ޚާރިޖީ ގުޅުން ބަދަހި ކުރުުމުގެ ފުރުޞަޠު މި އޮންނަނީ، ޤާނޫނު އަސާސީން ދީފައި އޮންނަނީ ރައީސުލްޖުމްޙޫރިއްޔާއަށް، އެހެންވީމަ ނަގާ ހުރިހާ ލޯނެއް އިންޑިއާއިން، ހުރިހާ މިލިޓަރީ ރިލޭޝަނެއް އެމީހުންނާއެއްކޮށް އެކަނި، އެއީ ޕޮލިޓިކަލް ލީޑަރެއް ނަގާ ޑިޒިޝަނެއް" ރިޔާޟް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްއެންޕީއިން ބުނަމުންދާ ވާހައަކީ އެމްޑީޕީ ވެރިކަމަށް އަންނަ ފަހަރުތަކުގައި އިންޑިއާ ނޫންބަޔެއް އެ ޕާޓީއަށް ކަމުނުދާ ކަމަށާއި، އަދި ޕީޕީއެމްގައި ނަމަ ޗައިނާ ނޫން ބަޔެއް ކަމުނުދާ ކަަމަށެވެ.

"މި އެއްޗެހި ސަކްސެސްފުލެއް ނުވާނެ، މިއީ ވަރަށް ކުޑަ ވަރަށް މީސްކޮޅު މަދު ޤައުމެއް، އަޅުގަނޑުމެންނަށް ފެނިފައި އެބައޮތް ރައީސް މައުމޫންގެ ވެރިކަމުގައި ވަރަށް ސަކްސަސްފުލްކޮށް ފޮރިން ރިލޭޝަން ކުރިއަށް ގެންދަވާފައި އޮތްތަން،" ރިޔާޟް ވިދާޅުވިއެވެ.

ރިޔާޟް ވިދާޅުވީ ތާރީޚަށް ބެލުމުން ދިވެހިރާއްޖޭގައި ހަތިޔާރު އަޅައިގެން އިންޑިއާ ސިފައިންތިބިކަން ފެންނަން އޮތް ކަމަށެވެ. މިގޮތުން 1989 ގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނަށްފަހު އިންޑިއާ ސިފައިން ވެރިރަށް މާލޭގައި ހަތިޔާރާއެކު ފޯރި މެރިކަމަށް ރިޔާޟް ވިދާޅުވިއެވެ.

"އަޅުގަނޑުމީ އެމީހުންނާއެއްކޮށް ޑިއުޓީ މެރި މީހެއް، އެބަތިބިތޯ އެމީހުން މިތާނގައި، ރައީސް މައުމޫންގެ ވެރިކަމުގައި އެމީހުން މިތަނުން ދިޔަ، ފޮނުވޭނެ، ދާނެ،" ރިޔާޟް ވިދާޅުވިއެވެ.

ރިޔާޟް ވިދާޅުވީ، އެއީ އެވަގުތެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ މިންވަރަކަށް އެ ސަރުކާރަކަށް ދޭންޖެހޭ އެހީތެރިކަމެއް ކަމަށާއި، އެ ސަރުކާރެއްގެ ސިޔާސަތުގެ ތެރެއިން އެކަންކަން ކުރިއަށް ގެންދިޔުމުގެ ފުރުޞަޠު ލިބިދީފައިވާ ކަމަށެވެ.