އެމްޑީޕީއިން އެހީއަށް އެދުނު، ގޮތް ނިންމާނީ މަޝްވަރާކޮށް، ރައްޔިތުން ދެކޭގޮތް ސާފްކުރުމަށްފަހު: އެމްއެންޕީ

big_hpoTagdJ2FT4S4PNTEffJRycI

ގާނޫނުއަސާސީ އިސްލާހްކުރުމަށް އެމްޑީޕީއިން އެހީއަށް އެދުނު ކަމަށާއި، ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށްފަހުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ދައުވަތަކަށް އެމްޑީޕީގެ އިސްވެރިންނާއެކު އެމްއެންޕީގެ ލީޑަރޝިޕްގެ ހިމެނޭ ފަރާތްތަކުން ބައްދަލުކޮށްފައިވާ ކަމަށެވެ.

އެއީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީ ހިމެނުމާ ގުޅިގެން ކޮށްފައިވާ ބައްދަލުވުމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފަ ވެއެވެ.

އެމްއެންޕީން ބުނީ މި ބައްދަލުވުމުގައި ދިވެހިރާއްޖެއަށް މިއަދު ދިމާވެފައިވާ މުހިންމު އެކިއެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވި، އެކަންކަން އިސްލާހުކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ވާހަކަ ދެކެވުނުކަމަށެވެ.

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނުކަމަށް އެ ޕާޓީން ބުނެއެވެ.

އެގޮތުން، ރައްޔިތުންގެ މެދުގައި ޖުޑީޝަރީއާމެދު އިތުބާރު އިތުރުކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، ވެރިކަން ކުރުމުގެ ނިޒާމްގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުންފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވު ކަމަށް ވެސް އެމްއެންޕީން ބުނެއެވެ.

"މިކަންކަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މި ޕާޓީގެ އެހީތެރިކަމަށް އެމްޑީޕީގެ ފަރާތުން އެދިފައިވެއެވެ." އެމްއެންޕީން ބުނެފަ ވެއެވެ.

އެ ޕާޓީން ބުނީ، ގައުމުގެ މުސްތަގްބަލާ ގުޅޭ މިފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން މިކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެ ޕާޓީން ދެކޭކަމަށެވެ.

އެހެންކަމުން، މި ކަންކަމާ ގުޅޭގޮތުން އެ ޕާޓީން ގޮތެއް ނިންމާނީ، ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށްފަހުގައި ކަމަށް ވެސް އެ ޕާޓީން ބުނެފަ ވެއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ދައުވަތަކަށް އެމްޑީޕީގެ އިސްވެރިންނާއެކު އެމްއެންޕީގެ ލީޑަރޝިޕްގެ ހިމެނޭ ފަރާތްތަކުން ބައްދަލުކޮށްފައިވާއިރު، ހޯމަ ދުވަހު ރައީސް ނަޝީދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމާ ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރުމާގުޅޭ އެއްވެސް ރަސްމީ ވާހަކައެއް އެމްޑީޕީ އަދި ޖޭޕީން ވެސް މިހާތަނަށް ދައްކާފައެއް ނުވެއެވެ.

މީގެއިތުރުން ރައީސް ނަޝީދު އާދީއްތަ ދުވަހު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން މަޝްވަރާ ހިނގިކަމަށް ރައީސް އޮފީހުން ވިދާޅުވެފަ ވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ނާޒިމްް އަށްް ނިންމޭނީީ ރައްޔިތުންއެދޭގޮތޭޭ ނޭދޭގޮތޭކިޔާފަސްް ނާޒިމައްް އެންމެބޮޑަތިި ލާބަޔާާ ނަފާލިބޭގޮތަކަށްް ރައްޔިތުންނާދޭތެރޭޭ ވިސްނުމުގެެ މިނިވަންކަމެއްް ނުގެންގުޅޭނެެ ބޭކާރުވާހަކަަ ނުދައްކާާ

  2. ބަރުލަމާނީއަށް ބަދަލުކޮށް ނަޝީދަށް ބޮޑުވަޒީރުކަން ދޭންރާއްޖޭގެ ގިނަރައްޔިތުން ގަބޫލެއްނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *