ހަވާޓްޒް އާއި އޮޑެގާޑްގެ ލަނޑުން އާސެނަލްއިން ޗެލްސީ ކުޑަކަކޫ ޖައްސުވައިފި
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއިން ފަހަތުން އަރައި 2-1 އިން ޗެލްސީ ބަލިކޮށް، ސީޒަންގެ ފެށުން ފުރިހަމަކަމާއެކު ދަމަހައްޓައިފިއެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މި ފޯރިގަދަ ލަންޑަން ޑާބީ މެޗުގެ ދެވަނަ މިނެޓުގައި މޯގަން ރޮޖާސް ޖެހި ލަނޑާއެކު ޗެލްސީން ކުރިހޯދާފައިވަނިކޮށް، އާސެނަލްއިން ވަނީ ވަރުގަދަ ކުޅުމަކާއެކު އެނބުރި އައިސް މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ މެދުތެރެއިން އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކުރީގެ ކްލަބް ޗެލްސީގެ މައްޗަށް ކައި ހަވާޓްޒް ޖެހި...