އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް އަތުން 2-0 އިން މޮޅުވެ، އައު ކޯޗު އެންޑޯނީ އިރާއޯލާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

އިޕްސްވިޗްގެ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހި ދެ ލަނޑުންނެވެ.

Ad
rt

މެޗު ފެށިގެން ލިވަޕޫލުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓާއި ނުވަވަނަ މިނެޓުގައި އެލެކްސެންޑާ އީސާކް ވަނީ ލިވަޕޫލަށް ދެ ލަނޑު ޖަހައިދީފައެވެ. މި ދެ ލަނޑު ޖެހުމަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ ކޯޑީ ގެކްޕޯއެވެ.

މި މެޗުގެ 63 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ބްރެޑްލީ ބާކޯލާ ވަނީ ލިވަޕޫލްގެ ޖާޒީގައި އޭނާގެ ފުރަތަމަ މެޗު ކުޅެފައެވެ. 123 މިލިއަން ޕައުންޑް (166 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީއަކަށް ޕީއެސްޖީން ބާކޯލާ ލިވަޕޫލަށް ބަދަލުވީ މިދިޔަ ހޯމަ ދުވަހުއެވެ.

އިރާއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުގައި ލިވަޕޫލް ވަނީ ނިއުކާސަލް އަދި ނޮޓިންހަމް ފޮރެސްޓާ ވާދަކޮށް 2-2 އިން އެއްވަރުވެފައެވެ. އެހެންކަމުން އިޕްސްވިޗް އަތުން ހޯދި މި މޮޅަކީ މި ސީޒަނުގައި އެ ޓީމުން ހޯދި ފުރަތަމަ ކާމިޔާބީއެވެ.