އީރާނުގެ އަސްކަރީ ގާބިލުކަން އިޔާދަކުރަމުން ދަނީ އަންދާޒާކުރި ވަރަށްވުރެ މާ ހަލުވިކޮށް: އެމެރިކާގެ އިންޓެލިޖެންސް
އެމެރިކާއާއި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާއަށް ލިބުނު ގެއްލުންތައް، އެމެރިކާއިން އުންމީދު ކުރިވަރަށްވުރެ މާ އަވަހަށް އީރާނުން އިއާދަކުރަމުންދާކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ހާމަވެއްޖެއެވެ. އެމެރިކާގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ރިޢާޔަތްކޮށް ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޕްރީލް މަހުގެ ކުރީކޮޅު ފެށުނު ހަ ހަފުތާގެ ސުލްހައިގެ މުއްދަތުގެ ތެރޭގައި އީރާނުން ވަނީ އެގައުމުގެ ޑްރޯން އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައެވެ. މިއީ ހަމަލާތަ...