ހޮރްމުޒް ކަނޑުއޮޅި ކައިރީގައި އެމެރިކާއާއި އީރާނުން ހަމަލާތަކެއް ބަދަލުކޮށްފި
ހޮރްމުޒް ކަނޑުއޮޅި ކައިރީގައި ބުރާސްފަތި ދުވަހު އެމެރިކާއާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން މިހާރު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ‘ޓްރުތް ސޯޝަލް’ ގައި ވިދާޅުވީ މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ އަސްކަރީ ތިން މަނަވަރެއް އެ ސަރަހައްދުން ދަތުރުކުރަ...