ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ބޭނުންނުވެ 5 އެއާޕޯޓެއްގެ މަސައްކަތް ނިންމާލެވޭނެ: ވަޒީރު
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ކުރިއަށްދާ ފަސް އެއާޕޯޓެއްގެ މަސައްކަތް ނިންމުމަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ނުބެލެވޭ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާ...