އަމީނީ މަގުގެ ނުނިމި އޮތް ބައި ނިންމުމުގެ މަސައްކަތުގެ ތެރެއިން މިހާރު ހަދަމުންދާ ބައިގައި މިއަދު ތާރު އަޅަން ފަށާނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އަމީނީ މަގުގައި ނުނިމި އޮތްބައި މިހާރު ތާޅު އަޅަން ތައްޔާރު ކުރަމުން ދަނީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ފެށިގެން ގާތް ގަނޑަކަށް ދަރުމަވަންތަ ހޮސްޕިޓާ ފެށޭ ހިސާބަށެވެ.
އެ މައްސަކަތާއި ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް އެކްސްގައި މިއަދު ވިދާޅުވީ، އަމީނީ މަގުގެ މިހާރު ހަދަމުންދާ ބައިގައި ތާރު އެޅުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
''އިރާދަކުރެއްވިއްޔާ ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށިގެންދާނެ.'' ވަޒީރު ވިދާޅުވެފައި ވެއެވެ.
ވަޒީރު ވަނީ އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ފެށުނީ 9 ޑިސެންބަރު 2023 ގައި ކަން ވެސް ފާހަގަ ކުރައްވާފައެވެ.
އަމީނީ މަގުގެ ނުނިމިއޮތް ބައިގެ ޢަމަލީ މަސައްކަތް ފެށުނީ 9 ޑިސެންބަރު 2023 ގައި. މަގު މިހާރު މިވަނީ ތާރު އެޅުމަށް ތައްޔާރުވެފައި. އިރާދަކުރެއްވިއްޔާ ތާރު އެޅުމުގެ މަސައްކަތް މިއަދު ފެށިގެންދާނެ. pic.twitter.com/b4MU3tRHT0
— Abdulla Muththalib (@muththo) January 6, 2024
ސްކޫލްތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނިންމާލުމަކީ އުންމީދެއް ކަމުގައި ވެސް މިދިޔަ ޑިސެމްބަރު 23 ވަނަ ދުވަހު ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް 84 މިލިއަން ރުފިޔާ އަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.
ކުރީ ސަރުކާރު ނިމުނުއިރު މިމަގުގެ ތާރުއަޅާ ނިމިފައިވަނީ ދަރުބާރުގެ ހުންނަ ސަރަހައްދުން ފެށިގެން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާ ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!