Skip to main content
Topic Archive

#ކްރިމިނަލް ކޯޓު

195 Stories filed
ސީލައިފް މައްސަލާގައި ކުރި ހުރިހާ ދައުވާތަކުން އައްމަޓީ ސަލާމަތްވެއްޖެ
Raajje

ސީލައިފް މައްސަލާގައި ކުރި ހުރިހާ ދައުވާތަކުން އައްމަޓީ ސަލާމަތްވެއްޖެ

ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުނުވެ މިއަދު ސަލާމަތްވެއްޖެ އެވެ. ސީލައިފުން ގިނަ ބައެއްގެ އަތުން ފައިސާ ނެގީ ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ފައިސާ ނެގުމަށްފަހު […]

ގްރޫޕަކުން ގޮސް މީހަކު މަރާލި މައްސަލަ: ދެ މީހުން ސަލާމަތްވެއްޖެ
Raajje

ގްރޫޕަކުން ގޮސް މީހަކު މަރާލި މައްސަލަ: ދެ މީހުން ސަލާމަތްވެއްޖެ

މާލޭގައި ފިހާރައެއްގެ ތެރޭގައި ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ދައުވާލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައި ފެބްރުއަރީ 2023 ގައި ސ. ހިތަދޫ އިރުމީޒު މުހައްމަދު އަހުމަދުދީދީއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ […]

ފުލުހަކު މަރާލި ގާތިލް މެރުމަށް ހުކުމްކޮށްފި
Raajje

ފުލުހަކު މަރާލި ގާތިލް މެރުމަށް ހުކުމްކޮށްފި

ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުންނެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން 2013 ވަނަ އަހަރު […]

ފުލުހަކު މަރާލި ގާތިލަށް ފުލުހުންގެ ދުވަހު ކުށް ސާބިތުވެއްޖެ
Raajje

ފުލުހަކު މަރާލި ގާތިލަށް ފުލުހުންގެ ދުވަހު ކުށް ސާބިތުވެއްޖެ

ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ފާހަގަކުރާ ފުލުހުންގެ ހިދުމަތުގެ ދުވަހު ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. […]

ލަމްހާ އާއި މާވިންގެ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ
Raajje

ލަމްހާ އާއި މާވިންގެ މައްސަލާގެ ހުކުމް އަންނަ މަހު އިއްވަނީ

އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އަންނަ މަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ އޮކްޓޫބަރު، 2021 ގައި މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. އަދި އެ […]

ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމެއް
Raajje

ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމެއް

ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދައުވާ އުފުލާފައިވާ ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤުގެ މައްޗަށް ކްރިމިނަލް ކޯޓުން ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މި ހުކުމް އިއްވާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ. މި ހާދިސާ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އެހައިކަންހާއިރު، މާލޭ ވިލިމާލެ ފެރީ ޓ...

ރާއްޖެއަށް ޑްރަގް އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް
Raajje

ރާއްޖެއަށް ޑްރަގް އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމް.ޑީ ސޮހަބް މިއަގެ މައްޗަށެވެ. އެމްޑީ ސޮހަބް މިއަގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، 2024 ޖޫން 28 ވަނަ ދުވަހު ޔޫ.އެސް ބަންގްލަދޭޝް އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސ...

ފޮތްތަކެއްގައި ފޮރުވައިގެން އެތެރެކުރި ޑްރަގް ނަގަން ދިޔަ މީހާ 18 އަހަރަށް ޖަލަށް
Raajje

ފޮތްތަކެއްގައި ފޮރުވައިގެން އެތެރެކުރި ޑްރަގް ނަގަން ދިޔަ މީހާ 18 އަހަރަށް ޖަލަށް

ފޮތްތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރި ކިލޯއެއްގެ މަސްތުވާތަކެތި ހުރި ފޮށިގަނޑު ނަގަން ދިޔަ މީހަކު 18 އަހަރަށް ޖަލަށްލައި، 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމްކޮށްފި އެވެ. ސ. މީދޫ ހުދުވިލާގޭ އަލީ މުފާވިޒުގެ މައްޗަށް ދައުވާކުރީ ޑިސެމްބަރު، 2023 ގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފޮރުވާފައިވާ ހުރި ފޮތްތަކެއް ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓް އޮފީހަށް އޭނާ ގޮސްފައިވާތީ އެވެ. އެ ފޮށިގަނޑަކީ އެހެން މީހެއްގެ ނަމުގައި އޮތް ފޮށިގަނޑެއް ކަމަށްވާތީ އޭނާ އެ […]

ބޮޑު އެކްސިޑެންޓަކާ ގުޅިގެން 115,000ރ. އިން ޖޫރިމަނާކޮށްފި
Raajje

ބޮޑު އެކްސިޑެންޓަކާ ގުޅިގެން 115,000ރ. އިން ޖޫރިމަނާކޮށްފި

މީގެ ހަތް އަހަރު ކުރިން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ލިބުނު އަނިޔާތަކަކާ ގުޅިގެން މީހަކު 115،200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހދ. ކުޅުދުއްފުށީ، ރަސްރީތި، އަލީ މުހައްމަދުގެ މައްޗަށް އެ ހުކުމް އައީ ޖޫން، 2018 ވަނަ ދުވަހުގެ ދަންވަރު ބޮޑުތަކުރުފާނު މަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން އޭނާ ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެވަނަ ސައިކަލުގައި ދުއްވަން އިން […]

މައުމޫނަށް ކުރި ރިޝްވަތުގެ ފަސް ދައުވާއިން އޭނާ ސަލާމަތްވެއްޖެ
Raajje

މައުމޫނަށް ކުރި ރިޝްވަތުގެ ފަސް ދައުވާއިން އޭނާ ސަލާމަތްވެއްޖެ

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތު ފަސް ދައުވާ ސާބިތުނުވެ, އޭނާ މިއަދު ސަލާމަތްވެއްޖެ އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް […]

މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާތަކުގެ ހުކުމްކުރުން ފަސްކޮށްފި
Raajje

މައުމޫނަށް ކުރާ ރިޝްވަތުގެ ދައުވާތަކުގެ ހުކުމްކުރުން ފަސްކޮށްފި

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާތަކުގެ ގުޅޭގޮތުން ހުކުމް އިއްވުން ފަސްކޮށްފި އެވެ. މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ […]

ބައްސާމްގެ އެޕާޓްމެންޓް މައްސަލާގައި އަމިންގެ މައްޗަށް އުފުލި ދައުވާއިން ސަލާމަތްވެއްޖެ
Raajje

ބައްސާމްގެ އެޕާޓްމެންޓް މައްސަލާގައި އަމިންގެ މައްޗަށް އުފުލި ދައުވާއިން ސަލާމަތްވެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވި ކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ދައުލަތުން މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ ބޭނުންކޮށް، އެ މުއާމަލާތްތަކުގައި އަމިން ކުންފުނިން އޮޅުވާލުންތަކެއް ގެންގުޅުނު ކަމަށެވެ. ނަމަވެސް ޝަރީއަތުން ނިންމީ އެ ކުންފުނީގެ...

ޖަލު ހުކުމެއްގައި ހުރި ބައްސާމްގެ މައްޗަށް އިތުރު ދެ ކުށެއް ސާބިތުވެއްޖެ
Raajje

ޖަލު ހުކުމެއްގައި ހުރި ބައްސާމްގެ މައްޗަށް އިތުރު ދެ ކުށެއް ސާބިތުވެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އިތުރު ދައުވާތަކެއް ސާބިތުވެއްޖެ އެވެ. ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާކުރީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) ބޭނުންކޮށްގެން އަމިން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް ކަމަށް […]

މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް
News

މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މަންޑޭ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ކުރިއިރު އޭގެ ތެރެއިން 94 ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. އެއީ ރާއްޖޭގެ ރެކޯޑެކެވެ. މަންޑޭގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ޓެކުމުގެ 46 ދައުވާއެއްގައި 368 […]

މަންޑޭގެ މައްޗަށް މާދަމާ އަދަބު ކަނޑައަޅަނީ
Raajje

މަންޑޭގެ މައްޗަށް މާދަމާ އަދަބު ކަނޑައަޅަނީ

ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ފައިސާ ނެގި މައްސަލާގައި ގިނަ އަދަދެއްގެ ދައުވާތައް ސާބިތުވި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް މާދަމާ އަދަބު ކަނޑައަޅަން ނިންމައިފި އެވެ. ފްލެޓް ވިއްކުމުގެ ނަމުގައި އެކި މީހުންގެ އަތުން މަންޑޭ ފައިސާ ނެގި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާއެއް […]