ލޮނުމަސް އެޅުމާށާއި މަސްކައްކާހިއްކުމުގެ މަސައްކަތަށް ކަނޑިތީމުން ބިންދޫކުރަނީ
ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތައް ށ. ކަނޑިތީމުން ބިން ދޫކުރުމަށް ކަނޑިތީމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އެގޮތުން ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތްކުރުމަށް ދޫކުރާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމުން އެ ކައުންސިލުން ބުނެފައިވަނީ، ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި ކަނޑިތީމު ކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި މަސައްކަތައް ކަނޑިތީމ...