ށ. ކަނޑިތީމުން އިތުރު 19 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ވަނީ 40 އަށް އަރާފައެވެ.

Ad
rt

ކަނޑިތީމު ސިއްހީ މަރުކަޒުން ރޭ ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު މިހާތަނަށް އެރަށުން 654 ސާމްޕަލެއް ވަނީ ނަގާފައެވެ. 19 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. އެހެން ކަމުން އެރަށުގައި މިވަގުތު ޕޮޒިޓިވް އެކްޓިވް ކޭސްގެ ގޮތުގައި 40 މީހެއް އެބަތިއްބެވެ.

މިހާތަނަށް 99 ސާމްޕަލެއްގެ ނަތީޖާ ނުލިބޭއިރު، ކަނޑިތީމުގައި މިވަގުތު 190 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް 791 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ.

މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވުމުން ކަނޑިތީމު މިވަގު އޮތީ މޮނިޓަރިން ހާލަތުގައެވެ.

ކަނޑިތީމުގެ އިތުރުން އެ އަތޮޅު މިލަންދޫ، ޅައިމަގު އަދި ގޮއިދޫ ވެސް އޮތީ މޮނިޓަރިންގައެވެ. މިވަގުތު މުޅި ރާއްޖޭގެ 67 ރަށެއް މޮނިޓަރިން ހާލަތުގައި އެބައޮތެވެ.