ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތައް ށ. ކަނޑިތީމުން ބިން ދޫކުރުމަށް ކަނޑިތީމު ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެގޮތުން ލޮނުމަސްއެޅުމާއި މަސްކައްކާހިއްކުމުގެ މަސައްކަތްކުރުމަށް ދޫކުރާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމުން އެ ކައުންސިލުން ބުނެފައިވަނީ، ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި ކަނޑިތީމު ކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

Ad
rt

މި މަސައްކަތައް ކަނޑިތީމު ކައުންސިލުން ދޫކުރާ ބިމުގެ ބޮޑުމިނަކީ 2000 އަކަފޫޓެވެ. އަދި ކުއްޔަށް ދޫކުރާ ބިމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި އެ ކައުންސިލުން ހުށަހަޅާފައިވަނީ އަކަފޫޓަކަށް 0.15 ލާރިއެވެ.

އެހެންކަމުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވުމަށްޓަކައި https://forms.gle/MNZVKjNrL7PASWd88 މެދުވެރިކޮށް ފޯމު ފުރުމަށް ފަހު ރަޖިސްޓްރީވުމަށް ކަނޑިތީމު ކައުންސިލުން ވަނީ އެދިފައެވެ.

ކަނޑިތީމު ކައުންސިލުން އިތުރަށް އެ އިލާނުގައި ބުނެފައިވަނީ، ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 އޯގަސްޓް 2025 ވާ (ހޯމަ) ދުވަހުން ފެށިގެން 18 އޮގަސްޓް 2025 (ހޯމަ) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00 އަށް އެ ކައުންސިލް އިދާރާއިން ކަމަށެވެ. އަދި ބީލަން/ ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 21 އޮގަސްޓް 2025 (ބުރާސްފަތި) ދުވަހުގެ 13:00 ގައި ކައުންސިލްއިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި މަސައްކަތައް ޕްރޮޕޯސަލްއާއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިކަމަށާއި، ސިޓީ އުރައިގެ ބޭރުގައި އިއުލާނު ނަމްބަރާއި ކޮންކަމަށް ހުށަހަޅާ ޕްރޮޕޯސަލެއްކަން އެނގޭގޮތަށް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެކަމަށްވެސް ކަނޑިތީމު ކައުންސިލުން ބުނެފައިވެއެވެ.