އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރާ ފެރީގައި ސްރީލަންކާގެ ކޮލަމްބޯ އިން މުދާ ގެނެވޭ ގޮތް ހަދައިފިއެވެ.
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ މި ހުއްދަ ލިބުނު ކަން ހާމަވާ ލިޔުމެއް ހިއްސާކޮށްފައެވެ. ކޮޗިން ފެރީ ދެން ދަތުރުކުރާނީ ކޮޗިން އިން ލަންކާގެ ކޮލަމްބޯ އަށް، އަދި ކޮލަމްބޯއިން ރާއްޖެއަަށެވެ.
އިންޑިއާ އިން އަންނަ ކާގޯ ފެރީ މިހާރު ދަތުކުުރަނީ ކޮޗިނުން ކުޅުދުއްފުށްޓަށާއި މާލެ އަށެވެ.
ކޮޗިން ދަތުރުތަކުގައި ބޭނުން ކުރަނީ އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި)ގެ ބޯޓެކެވެ. އެމްސީޕީ ލިންޒް ނަމަކަށް ކިޔާ 117 މީޓަރު ދިގު މި ބޯޓުގައި 3000 މެޓްރިކް ޓަނުގެ މުދާ އުފުލެވެ. އެމްސީޕީ ލިންޒްގެ ރާއްޖޭގެ އެޖެންޓަކީ އެމްއެސްއެސްއެވެ.
އިންޑިއާގެ ކޮޗިނުން ރާއްޖެއަށް މުދާ ގެނައުމަށް ކުރިއަށްދާ ދަތުރުތައް އިފްތިތާހުކޮށް ފުރަތަމަ ދަތުރު ކޮޗިނުން ކުޅުދުއްފުށްޓަށް ބާއްވާފައިވަނީ ސެޕްޓެމްބަރު 26،2020 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!