ޖަޕާންގައި ބޭއްވި ''ޖީ-ނެޓްސް ލީޑާސް ސަމިޓް''ގައި ކުޅުދުއްފުށި ސިޓީގެ އަޑު އިއްވައިފި
ޖަޕާނުގެ ޓޯކިޔޯ މެޓްރޯޕޮލިޓަން ގަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި ތިންވަނަ ”ޖީ-ނެޓްސް” ލީޑާސް ސަމިޓްގައި ކުޅުދުއްފުށި ސިޓީން ބައިވެރިވެ، އެ ސިޓީގެ އަޑު އިއްވައިފިއެވެ. “މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވެފައިވާ އާ އާބަން މުސްތަގުބަލެއް” މި ޝިއާރުގެ ދަށުން ބޭއްވި މި ސަމިޓްގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން ބައިވެރިވީ މޭޔަރު މުހައްމަދު އާތިފް އާއި ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އާދަމްއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 48 ސިޓީއަކުން ބައިވެރިވި މި ސަމިޓް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދ...