ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ހިންގާ ޕްލޭ ސްކޫލްގެ ކިޔެވުން އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢަކީ މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސްޓްރެޓެޖިކް ގްރޯތް (މިސްގް) އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށެވެ.

Ad
rt

"މިސްގް ޕްލޭ ސްކޫލް" ގެ ނަމުގައި ހިންގާ މި ސްކޫލްގެ ކިޔެވުން ފަށާފައިވަނީ ޖުމްލަ 154 ދަރިވަރުންނާއެކުގައެވެ. މި ސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ބޭބީ ނާސަރީ އަދި ނާސަރީ ފަންތީގެ ކުދިންނަށެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ސްކޫލުގައި ކިޔަވާ ކޮންމެ ދަރިވަރެއްގެ އަތުން މަހު ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާއެވެ.

އިއްޔެ ކިޔެވުން ރަސްމީކޮށް ފެށި ނަމަވެސް، ސްކޫލުން ބުނީ އަހަރުގެ ކޮންމެ ހިސާބަކުންވެސް އައު ކުދިންނަށް ސްކޫލަށް ވަނުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މި ސްކޫލަކީ އެ ސިޓީގެ ކުޑަކުދިންނަށް ތަޢުލީމީ ބިންގާ އެޅުމަށްޓަކައި ކައުންސިލުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.