މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ފައިނޭންޝިއަލް ޖާނަލިޒަމް ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
އެމްއެމްސީން ވިދާޅުވީި މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި ވޯކްޝޮޕް އޮންނާނީ މެންހަޓަން ބިޒްނަސް ސްކޫލުގައި އެދުވަހުގެ 09:00 އިން ފެށިގެން 05:00 އަށް ކަމަށެވެ.
މާލީ ދާއިރާގެ ފަންނީ ތަޖުރިބާކާރުން މި ވޯކްޝޮޕްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެ ކަމަށް އެމްއެމްސީން ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެ އިދާރާއިން ވިދާޅުވީ ބީއެމްއެލް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މީޑިއާގެ ފަންނުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، މާލީ މަސްލަހަތު ހިމެނޭ ދާއިރާތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
We are pleased to announce registration for the Financial Journalism Workshop in collaboration with the BML. Learn about financial literacy, financial reporting, and anti-money laundering from bankers. For registrationhttps://t.co/DRY0LZCZG0@bankofmaldives pic.twitter.com/DyLjnczO4U
— Maldives Media Council (@mmc_mv) October 30, 2022
ނޫސްވެރިންނާއި އެޑިޓަރުންނަށް ވެސް ބައިވެރިވެވޭނެ ވެވޭގޮތަށް ހުޅުވާލާފައިވާ ވޯކްޝޮޕްގައި ފައިނޭންޝަލް ލިޓްރޭސީ، ފައިނޭންޝަލް ރިޕޯޓިންގ، އަދި އެންޓި މަނީ ލޯންޑަރިންގ އާއި ބެހޭގޮތުން ބޭންކަރުންގެ ފަރާތުން މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް އެމްއެމްސިއިން ވިދާޅުވެއެވެ.
ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ގޫގުލް ފޯރމް މެދުވެރިކޮށް ރެޖިސްޓްރޭޝަން ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!