އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކުގެ ހިދުމަތަށް މިވަނީ ކިހިނެތް؟
ދިވެހިންގެ ބޭންކް، ނުވަތަ ބީއެމްއެލްގެ ހިދުމަތްތައް ޓެކްނިކަލް މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ކެނޑެއެވެ. ނަމަވެސް މިފަހަރުގެ ހާލަތު ތަފާތެވެ. ހިދުމަތްތައް މެދު ކެނޑޭތާ ދެ ހަފުތާއަށްވުރެއް މިވަނީ ގިނަ ވެފަ އެވެ. އިރުއިރުކޮޅާ ހިދުމަތް މެދުކެނޑެނީއެވެ. އެއަށްފަހު އިއްޔެ ވެގެންދިޔައީ ގިނަ ކަސްޓަމަރުންނަށް އުނދަގޫތަކާ ކުރިމަތިވި ދުވަހަކަށެވެ. އިއްޔެ ބީއެމްއެލްގެ ހިދުމަތްތައް ހެނދުނުން ފެށިގެން އޮތީ މެދުކެނޑިފައެވެ. ދޭތެރެދޭތެރެއިން ހިދުމަތް ރަނގަޅުވި ނަމަވެސް ގިނަ ވަގުތު އެ ބޭންކުގެ އެޕާއި ޕީ...