މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ބޯހިޔާވަހިކަން

133 Stories filed
ޝަކުވާތައް ނުބަލާ ފްލެޓު ހަވާލު ނުކުރަން އޭސީސީން އަންގައިފި
Raajje

ޝަކުވާތައް ނުބަލާ ފްލެޓު ހަވާލު ނުކުރަން އޭސީސީން އަންގައިފި

“ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ނުދީ އަދި އެ މައްސަލަ ނުބަލާ ފްލެޓު އެއްބަސްވުންތަކުގައި ސޮއި ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް މިއަދު އަންގައިފިއެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއްޔެ އާންމު ކުރިއިރު އާންމުންގެ ފަރާތުން ވަނީ ގިނަ ޝަކުވާތަކެއް ކުރަން […]

ފްލެޓުގެ ދާއިމީ ލިސްޓަށް ޝަކުވާއަށް ހުޅުވާލައިފި
Raajje

ފްލެޓުގެ ދާއިމީ ލިސްޓަށް ޝަކުވާއަށް ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ފުރުސަތު ހުޅުވާލާފައި ވަނީ ގެދޮރުވެރިން ޕޯޓަލް” މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 5 ނޮވެންބަރ 2023 އިން ފެށިގެން 9 ނޮވެންބަރ 2023 ގެ 16:00 ގެ […]

ފުލެޓު ބެހި ގޮތާ މެދު ހިތްހަމަނުޖެހި އިހުތިޖާޖު ކޮށްފި
Raajje

ފުލެޓު ބެހި ގޮތާ މެދު ހިތްހަމަނުޖެހި އިހުތިޖާޖު ކޮށްފި

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢު “ގެދޮރުވެރިޔާ” ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިއްޔެ އާންމުކޮށްފައިވާއިރު އެ ލިސްޓާއި މެދު ހިތްހަމަނުޖެހި އާންމުންގެ ބަޔަކު ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އަށް އެއްްވެ އިހުތިޖާޖުކޮށްފިއެވެ. އިއްޔެ އާންމު ކުރި ލިސްޓްގައި 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރ...

ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި
Raajje

ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރައްވައިފިއެވެ. މި ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒްޓްކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ މި ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ލިސްޓްގައި ހިމެނެނީ […]

''އަމާޒު ހިފާފައިވާ ތާރީހަށް ގޯއްޗާއި ލިޔުން ހަވާލު ކުރެވޭނެ''
Raajje

''އަމާޒު ހިފާފައިވާ ތާރީހަށް ގޯއްޗާއި ލިޔުން ހަވާލު ކުރެވޭނެ''

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ދޫކުރުމުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު މީހުންނަށް ލިޔުން ހަވާލުކޮށް ގޯތި ދޫކުރުމުގެ މަސައްކަތްތައް އަމާޒު ހިފާފައިވާ ތާރީހަށް ނިންމައިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާ ހަވާލާދީ ރާއްޖޭގެ ބައެއް އޮންލައިންތަކުގައި ބުނެފައި ވަނީ ސަރުކާރުން އިއުލާންކޮށްފައިވާ ތާރީހަށް ނިމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ގޯތި ދޫކުރުމާއި ގުޅޭ މަސައްކަތްތައް...

ޖާހުގެ "ދަ ގާޑަންސް" ގެ ބާކީ ހުރި މަސައްކަތް އާބަންކޯއިން ފަށައިފި، ހަ މަހުން ނިންމަނީ
Business

ޖާހުގެ "ދަ ގާޑަންސް" ގެ ބާކީ ހުރި މަސައްކަތް އާބަންކޯއިން ފަށައިފި، ހަ މަހުން ނިންމަނީ

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރަން ފެށި “ދަ ގާޑަންސް” އެޕްޓާމަންޓުތަކުގެ ބާކީ ހުރި މަސައްކަތްތައް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށައިފިއެވެ. ޖާހާ މި މަޝްރޫއު ހިންގުމަށް ހަވާލު ކުރީ 2017 ވަނަ އަހަރު، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އަދިވެސް މި މަޝްރޫއުގެ މަސައްކަތް ނުނިމޭތީ އެތަނުން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މަސައްކަތް ލަސްވާތީ މީގެ ކުރިން ޖާހުން ބުނީ މަސައްކަތް ލަސްވީ ކޮވިޑާ ގުޅިގެން […]

ނުވިކިހުރި ވިނަރެސް ފްލެޓުތައް ވިއްކަން ހުޅުވާލަން ނިންމައިފި
Business

ނުވިކިހުރި ވިނަރެސް ފްލެޓުތައް ވިއްކަން ހުޅުވާލަން ނިންމައިފި

ނުވިކި ހުރި ވިނަރެސް ފްލެޓުތައް ވިއްކަން އާބަންކޯއިން ނިންމައިފިއެވެ. އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިނަރެސް މަޝްރޫއުގެ ދަށުން ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަރުހާލާތައް ނިންމައި އެ ފަރާތްތަކުން ފުލެޓް ހަވާލުކޮށް ނިމުމުންނާއި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމަށްފަހު ބާކީ ފުލެޓުތަކެއް ނުވިކި ހުން...

ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް އެދި 40،594 ފޯމު
Raajje

ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް އެދި 40،594 ފޯމު

ސަރުކާރުން ހުޅުވައިލާފައިވާ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ މުއްދަތު ހަމަވި އިރު، ފްލެޓަށް 21،000 އަށްވުރެ ގިނަ ފޯމު އަދި ގޯއްޗަށް އެދި 19،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ. މި މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރު ފަހު 3 ޖެހިއިރުއެވެ. އެ ސްކީމްތަކުގެ ދެވަނަ ބުރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުށަހެޅީ 21،247 ފޯމު ހުށަހަޅާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން 19،347 ފޯމު ވަނީ ހުށަހަޅާފައެވެ. ގެދޮރުވެރިޔާ […]

ގޯއްޗާއި ފްލެޓަށް ކުރިމަތުލުމުގެ ސުންގަޑި މާދަމާ ހަމަވާނެ
Raajje

ގޯއްޗާއި ފްލެޓަށް ކުރިމަތުލުމުގެ ސުންގަޑި މާދަމާ ހަމަވާނެ

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމަށް ހުޅުވާލާފައިވާ ފުރުސަތު މާދަމާ ހަމަވާނެއެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 ގޯއްޗަށް ވަނީ ހުޅުވާލާފައެވެ. މި ފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތ...

މާލެ ސަރަހައްދުން ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

މާލެ ސަރަހައްދުން ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ވިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ. މިފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން “ގެދޮރުވެރިން ޕޯޓަލް” މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، 2023 ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް […]

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި، ރަޖިސްޓަރީ ހަވާލުކުރަން ފަށައިފި
Raajje

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި، ރަޖިސްޓަރީ ހަވާލުކުރަން ފަށައިފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ގޯތި ކަނޑައި، ރަޖިސްޓްރީން ހަވާލުކުރަން ފަށައިފިއެވެ. ރައީސް ސާލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށް ގެންދާ މި ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބޭ ބައެއް މީހުންނާ އެކު މި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ގުޅީފަޅުގައި ބޭއްވި ރަސްމިއްޔާތުގައި އެކި ބޮޑުމިނުގެ 21 ގޯތި ވަނީ ކަނޑައި، ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ގުޅިފަޅުން ގޯތި ދޫކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ގުޅިފަޅު […]

މާލެއާއި އަތޮޅުތަކުގައި 4000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި
Business

މާލެއާއި އަތޮޅުތަކުގައި 4000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

މާލެއާއި އަތޮޅުތަކުގެ ތެރޭގައި 4،000 ސޯޝަލް ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސްޓްރަކްޗާސް އަންލިމިޓެޑާ ހަވާލުކޮށްފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއި ސްޓްރަކްޗާސް އަންލިމިޓެޑާ ދެމެދު ވަނީ މަސައްކަތުގެ އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ...

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފި
Raajje

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފި

މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން ފަށައިފިއެވެ. ހައުސިން މިނިސްޓްރީން ދިވެހޮސަރުކާރުގެ ގެޒެޓުގައި އާންމުކުރައްވާފައިވާ މައުލޫމާތުގައި ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ހަވާލުކުރުން 27 އޯގަސްޓް 2023 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ދާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ ގޯއްޗާ...

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި
Raajje

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފި

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމް، “ބިންވެރިޔާ ސްކީމް” ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ދާއިމީ ލިސްޓް ސަރުކާރުން ރޭ އިޢުލާނު ކުރައްވައިފިއެވެ. މި ލިސްޓް މިހާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައި ވާއިރު، ރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީން ވަނީ، “ބިންވެރިޔާ ސްކީމް” ގެ ދާއިމީ ލީސްޓް އެކުލަވާލި ގޮތުގެ މަޢުލޫމާތު […...

ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި: ރައީސް
Raajje

ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި: ރައީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓްގައި ހިމެނޭ، ފްލެޓަށް ޝަރުތު ހަމަވާ އެންމެނަށް ލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުުވެއްޖެއެވެ. ސަރުކާރުން ނިންމާފައި ވަނީ މި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ. ނަޑެއްލާއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމ...