ގޯތި/ފްލެޓް ލިބޭކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް ވައުދުވިގޮތަށް އެތަންތަން ހަވާލުކުރާނަން: ރައީސް
މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން “ބިންވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯއްޗަށާއި، “ގެދޮރުވެރިޔާ” ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓް ލިބުނުކަމަށް ފައިނަލް ލިސްޓްގައި ނަން އޮތް މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތްގޮތަށް ގޯއްޗާއި ފްލެޓްގެ ޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައިވ...