ޖާސޫސުކުރި ކަމުގެ ތުހުމަތުގައި ޖަޕާނުގެ ނޫސްވެރިއަކު ރަޝިއާއިން ހައްޔަރުކޮށްފި
ރަޝިއާގެ ދިފާއީ ކަންކަމާ ގުޅޭ މައުލޫމާތުތަކެއް އެއްކޮށް، ޖާސޫސުކުރި ކަމުގެ ތުހުމަތުގައި ޖަޕާނުގެ ނޫސްވެރިއަކު އެ ގައުމުގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން އަންގާރަ ދުވަހު ރިޕޯޓްކޮށްފިއެވެ. އިންޓަފެކްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ ޖަޕާނުގެ “ހޮކައިޑޯ ޝިމްބުން” ނޫހަށް މަސައްކަތްކުރާ ނޫސްވެރިއެކެވެ. އެފްއެސްބީން ބުނީ އޭނާ ހައްޔަރުކުރީ ރަޝިއާގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ސަޚާލިން ރީޖަނުން، އެ ގ...