ޕީއެންސީގެ ސަރުކާރެއް އަޔަސް ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެ: މުޢިއްޒު
މި ސަރުކާރުން އެގްރީމެންޓުގައި ސޮއިކޮށް، ފަށާފަ ހުރި އެއްވެސް މަޝްރޫއެއް ކެންސަލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ‘ތިލަދުން’ އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ މަޝްރޫއުތަކާއި އެގްރީމެންޓުތައް ބެލޭނެ ކަމަށެވެ. އަދި އެއިން ރައްޔިތުންނަށް ވަނީ ބޮޑު ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމަށެވެ. “ބައެއްފަރާތްތަކުން ބުނޭ ނޫންތޯ އަޅުގަނޑުމެންގެ ސަރުކާރެއް އަތުވެއްޖެނަމަ،...