މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރިޔާސީ އިންތިޚާބު

256 Stories filed
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
Raajje

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ޝަރުއީ ދާއިރާ މިނިވަންކަމާއެކު ހިންގުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން ( ޖޭއެސްސީ)ގެ އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޝަރުއީ ދައިރާ މިނިވަންކަމާއެކު ހިންގުމަކީ ދައުލަތަށް ވަރަށް މުހިންމު ކަމެއްކަމަށާއި، އެގޮތުން އެ މިނިވަންކަން ދިނުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތް ބަދަލު ކުރައްވާނެކަމަށެވެ. އަދި ޖޭއެއްސީން ސިޔާސީ މީހުން މަދުކޮ...

ގޮތް ދޫކޮށް ގާސިމް ފަހަތަށް އަރަން ނިހާން، ސަރުކާރަށް ގޮވާލައިފި
Raajje

ގޮތް ދޫކޮށް ގާސިމް ފަހަތަށް އަރަން ނިހާން، ސަރުކާރަށް ގޮވާލައިފި

ގޮތް ދޫކުރުމަށްފަހު، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް އެރުމަށް ގާސިމް އެޑްވައިޒާރ އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން މި ސަރުކާރަށް ގޮވާލައްވައިފިއެވެ. އޭނާ މިފަދައިން ގޮވާލެއްވީ ރިޔާސީ ކެމްޕެއިނަށް ރ. ދުވާފަރަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. ނިހާން ވިދާޅުވީ މިސަރުކާރުގައި ނޫނީ ރައްޔިތުންގެ މަޖިލީސް ސަރުކާރަކަށް ލިބިފައި ނުވާ ކަމަށާއި މިހާރުގެ ހާލަތަށް ބަލާއިރު ދެވަނަ ދައުރެއް ރައްޔިތުން ދޭން  އެމްޑީޕީން ބުނ...

ރާއްޖެ ދަރަނި ދަންތުރަ އިން ސަލާމަތްކޮށްދޭނަން: މުއިއްޒު
Raajje

ރާއްޖެ ދަރަނި ދަންތުރަ އިން ސަލާމަތްކޮށްދޭނަން: މުއިއްޒު

ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނި ދަންތުރަ އިން ގައުމު ސަލާމަތްކޮށް ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ މީގެ 10 ވަރަކަށް ދުވަސް ފަހުން، އަންނަ އިންތިހާބުގައި ރައްޔިތުންނަށް އޮތް ދެ ޗޮއިސްއަކީ ނަތީޖާ ނެރެދެވޭނެ ބަޔަކާ ހަވާލު ކުރުން ނުވަތަ ނަތީޖާ ނުނެރެވުނު ބަޔަކާ ވެރިކަން ހަވާލު ކުރުން ކަމަށެވެ. މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި […]

ވެރިކަން ލިބިއްޖެނަމަ، ގައުމުތަކަށް ފޮނުވާ ސިޓީ ސިއްރެއް ނުކުރާނަން: ގާސިމް
Raajje

ވެރިކަން ލިބިއްޖެނަމަ، ގައުމުތަކަށް ފޮނުވާ ސިޓީ ސިއްރެއް ނުކުރާނަން: ގާސިމް

ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ގައުމުތަކަށް ފޮނުވާ ސިޓީ، ދައްކަން ރައްޔިތުން އެދިއްޖެނަމަ، އެކަން ކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ބ. އޭދަފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ ކޮންމެ ގައުމެއްގެ ވެރިއަކަށް ފޮނުވި ސިޓީއެއް ދައްކަން ރައްޔިތުން އެދިއްޖެ ނަމަ ވަގުތުން ނޫހުގައި ޖަހައިދޭނެ ކަމަށެވެ. މި ސަރުކާރުން ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށ...

މުއިއްޒުގެ ވައުދަކީ ޣައްދާރުވާ މީހުންނަށް އަދަބު ދިނުމަށް ގާނޫނެއް ވުޖޫދަށް ގެނައުން
Raajje

މުއިއްޒުގެ ވައުދަކީ ޣައްދާރުވާ މީހުންނަށް އަދަބު ދިނުމަށް ގާނޫނެއް ވުޖޫދަށް ގެނައުން

ގައުމަށް ޣައްދާރުވާ މީހުންނާއި ދެކޮޅަށް ގާނޫނެއް ވުޖޫދުކޮށް އަދަބު ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިހާރު ފެނިގެން މި ދަނީ ގައުމަށް ޣައްދާރުވާ ތަން ކަމަށެވެ. ގައުމު ހަމަ މަގަށް އަޅުވާ ނަމަ، ޣައްދާރުވުން ފަދަ ބޮޑެތި ގެއްލުންތައް ދޭ މީހުންނަށް އަދަބު ދިނުމަށް ސިސްޓަމެއް ގާއިމު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. “ގައުމު ހަމަ މަގަށް އަޅުވާ […]

މިނިވަންކަމާއި ގައުމީ މަސްލަހަތު ވަނީ ހާރިޖީ ސިޔާސަތުގެ ސަބުން ގެއްލިފައި: މުއިއްޒު
Raajje

މިނިވަންކަމާއި ގައުމީ މަސްލަހަތު ވަނީ ހާރިޖީ ސިޔާސަތުގެ ސަބުން ގެއްލިފައި: މުއިއްޒު

މިސަރުކާރުން އިންޑިޔާއާއެކު ބައްވާ ގުޅުމާއި އެގައުމުގެ ސިފައިން ރާއްޖޭގައި ތިބުންމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ރައްޖޭގެ މިނިވަންކާމާއި ގައުމީ މަސްލަހަތު ހާރިޖީ ސިޔާސަތުގެ ސަބަބުން ގެއްލިފައިވާ ކަމަށް ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުވިދާޅު ވެއްޖެއެވެ. ރ. އުނގޫފާރަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާ ވާހަކަ ދައްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް ބުރޫއަރާ ގޮތަށް މި ސަރުކާރުން ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި އެ ހުރިހާ ކަމެއ...

ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭކަމަށް ކަމަށްބުނެ އެކަން ބަލައިދޭން އެމްއެންޕީން އެދިއްޖެ
Raajje

ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭކަމަށް ކަމަށްބުނެ އެކަން ބަލައިދޭން އެމްއެންޕީން އެދިއްޖެ

މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅި ކަންކަން އަވަހަށް ބަލައިދިނުމަށް އެ ޕާޓީ އިން އެދިއްޖެއެވެ. އެ ޕާޓީ އިން މިގޮތަށް އެދިފައިވަނީ އެމްއެންޕީގެ ނައިބު ރައީސްލ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓު، ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އުޝާމް، އީސީ އަށް ފޮނުއްވާފައިވާ ސިޓީއެއްގައެެވެ. އެ ސިޓީގައި […]

ބޯވާރޭގެ ތެރެއިން ރަނިންމޭޓްގެ ރަށުން ގާސިމަށް ހޫނު މަރުޙަބާ އެއް
Raajje

ބޯވާރޭގެ ތެރެއިން ރަނިންމޭޓްގެ ރަށުން ގާސިމަށް ހޫނު މަރުޙަބާ އެއް

ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ބ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ތުޅާދޫއަށް ވަޑައިގެންފިއެވެ. ތުޅާދުއަށް ގާސިމް ވަޑައިގެންނެވި ވަގުތު ބޯކޮށްވާރޭވެހުމުން ދިޔަނަމަވެސް ތުޅާދޫ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ގާސިމްއަށް އޮތްތާއީދު ހާމަކޮށްފައެވެ. ތުޅާދޫގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މިސަރުކާރުން ތުޅާދޫގެ ރައްޔިތުންނަށް ދައުވަތުދީ ގާސިމް ވަޑައިގެންނެވި ގަޑީގައި އެރަސްމިއްޔާތު ފެށުމަށް...

އަތާއި އަތް ގުޅާލައި މުއިއްޒު އިންތިހާބު ކުރެއްވުމަށް ޝަހީމް ގޮވާލައްވައިފި
Raajje

އަތާއި އަތް ގުޅާލައި މުއިއްޒު އިންތިހާބު ކުރެއްވުމަށް ޝަހީމް ގޮވާލައްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ރައްޔިތުން އަތާއި އަތް ގުޅާލައި ޑރ. މުއިއްޒު އިންތިޚާބު ކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ. އޭނާ މިހެން ގޮވާލެއްވީ ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝަހީމް ވިދާޅުވީ މުއިއްޒަކީ ހުރިހައި ފަންތިއެއްގެ ހުރިހައި ގިންތިއެއްގެ ބޭފުޅުންނާއިއެކުވެސް ކުރިއަށް ދެވޭނެ ގާބިލް ބޭފުޅެއް ކަމަށާއި ރާއްޖޭގެ ޒަޢާމަތުގައި އިންނަންޖެހޭނީ އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ގ...

މުއިއްޒު ކެމްޕޭނަށް ރ.، ބ. އަދި ޅ. އަތޮޅަށް
Raajje

މުއިއްޒު ކެމްޕޭނަށް ރ.، ބ. އަދި ޅ. އަތޮޅަށް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީ، ޕީޕީއެމް ގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެ ކެމްޕެއިން ދަތުރެއް ރ. ބ. އަދި ޅ. އަތޮޅަށް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ. މުއިއްޒާއި ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގެ ތަރުޖަމާން އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ މިއީ މި އޮގަސްޓު މަހުގެ 29 ން ސެޕްޓެމްބަރު 1 ވަނަ ދުވަހަށް ކުރައްވާ ދަތުރެއް […]

ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން މުޢިއްޒު ވައުދުވެވަޑައިގެންފި
Raajje

ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން މުޢިއްޒު ވައުދުވެވަޑައިގެންފި

ގއ. ކޫއްޑޫގައި ހިންގަމުންދާ އެއާޕޯޓު ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް ގއ. ވިލިނގިލީ ބިން ހިއްކާ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން ޕޭލޭންތަކެއް ކޮށް...

ވޯޓު ދޭންވީ ވަކި ކުލަޔަކަށް ނޫން، އެންމެ ރަނގަޅު ކެންޑިޑޭޓަކަށް: ޤާސިމް
Raajje

ވޯޓު ދޭންވީ ވަކި ކުލަޔަކަށް ނޫން، އެންމެ ރަނގަޅު ކެންޑިޑޭޓަކަށް: ޤާސިމް

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންވީ ވަކި ކުލަޔަކަށް ބަލައިގެން ނޫން ކަމަށާއި، ވޯޓު ދޭންވީ ޚިދުމަތުގެ ގޮތުންނާއި، އަޚުލާގީ ގޮތުންނާއި އަދި ކާމިޔާބުގެގޮތުން އެންމެ ކުރީގައި ހުރި ކެންޑިޑޭޓެއް ދެނެގަނެ އެމީހަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. މާމިގިލީ ދާއިރާގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް މިހެން ވިދާޅުވީ، އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން އއ. ތޮއްޑޫއަށް ވަޑައިގެން ވާހަކަދައްވަމު...

ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނުތަކެއް މައާފުކޮށްދޭނަން: ގާސިމް
International

ސަރުކާރުތަކުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނުތަކެއް މައާފުކޮށްދޭނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި ސަރުކާރުތަކުން ދީފައި ހުރި ހުރިހައި އެސްއެމްއީ ލޯނެއް މައާފުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގަ މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ. ގާސިމް ވިދާޅުވީ ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގަ މިއަދު ނެތް ކަމަށާއި މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން ކަމަށެވެ. އަދ...

ކަނިމީދޫ ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ބީލަމަށް ހުޅުވައިލަނީ
Raajje

ކަނިމީދޫ ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ބީލަމަށް ހުޅުވައިލަނީ

ތ. ކަނިމީދޫ، ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލަސްތަކެއް ނުވެ ބިޑަށް ހުޅުވާލާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިން ޖަލްސާގައި އެ އަތޮޅު ތިމަރަފުށިގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ގެންނަ ބޮޑު ބަދަލާއެކު ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރެއްވުން ކަމަށެވެ. ދެވަނަ ދައުރުގައި ވެސް ފަތުރުވެރިކަމ...

55 އަހަރު ވެގެން ރިޓަޔާ ކުރުމުން އެލަވަންސެއް ދޭނަން: މުއިއްޒު
Raajje

55 އަހަރު ވެގެން ރިޓަޔާ ކުރުމުން އެލަވަންސެއް ދޭނަން: މުއިއްޒު

އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ރިޓަޔާ ކުރީމަ ހާއްސަ އެލެވެންސްއެއް ތައާރަފް ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދޫ އަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ވާހަކަ ނުދައްކާތީ، އެ އުމުރުފުރާގެ […]