އަންނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ: ރައީސް
އަންނަ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ރާއްޖޭގައި އަމާންކަން ޤާއިމުކޮށް، ޤާނޫނު ތަންފީޒުކުރުމަށް މި ހިނގާ 2024 ވަނަ އަހަރަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވިދިޔަ އަހަރެކެވެ. އެގޮތުން ދިވެހިރާއްޖޭގަ...