ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު ސަސްޕެންޑުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ޝިފާޒް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުން ކަމަށެވެ. ޝިފާޒް ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށް ކަން "ތިލަދުން" އަށް އެނގިފައިވެއެވެ.
އަދި އޭނާ ސަސްޕެންޑް ކުރީ އަހުލާގީ ބައެއް މައްސަލަތަކާ ގުޅިގެން ކަން ވެސް އެނގިފައިވެއެވެ.
ޝިފާޒް، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރީ މިދިޔަ ނޮވެމްބަރު 24 ގައެވެ.
ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު ޝިފާޒު ސަސްޕެންޑުކުރިއިރު، އިންޑިއާ ސަރުކާރާ ދެކޮޅަށް ފާޑުކިޔައިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އަދިވެސް ތިބީ ސަސްޕެންޑްކޮށްފައެވެ. އެ ތިން ބޭފުޅުން ސަސްޕެންޝަންގައި ތިއްބެވީ މުސާރަ ލިބޭ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!