ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ޕްލރައިވެޓް ލިމިޓެޑް (އާރުއޭސީއެލް) ގެ އެއާޕޯޓް ރެސްކިއު އެންޑް ފަޔަފައިޓިން ކޯސް ފަށައިފިއެވެ.
މި ކޯސް ފަށާފައިވަނީ 7 މެއިވީ އާދީއްތަ ދުވަހު ހަނިމާދޫގައެވެ. މިއީ އާރުއޭސީއެލްގެ މިއަހަރުގެ މިފަދަ ފުރަތަމަ ކޯހެވެ.
މި ކޯހުގައި 20 ދަރިވަރުން ބައިވެރިވާ ކަމަށް އާރުއޭސީއެލުން ބުންޏެވެ. މިއީ އާރުއޭސީއެލާ ގުޅުނު ފަޔަރުގެ ސްޓާފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް ލެވެލްގެ ކޯހެކެވެ.
މި ކޯހުގައި އާރުއޭސީއެލުން ހިންގާ އެއާޕޯޓުތަކުގައި އަމަލު ކުރުމަށް ގާއިމުކޮށްފައިވާ އެއާޕޯޓް އިމަޖެންސީ ޕްލޭނަށް އަމަލު ކުރުމާއި އެއާޑްރޯމްގައި ދިމާވެދާނެ އެކި އަލިފާނާ ގުޅުންހުރި ހާދިސާތަކުން ރައްކާތެރިކަވެ ސަލާމަތްވުމަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން ދަސްކޮށްދޭނެއެވެ.
އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޯހުގައި ޕްރެކްޓިކަލް އަދި ތިއަރީ އިމްތިހާނުކުރާނެއެވެ. މި ކޯހުގައި ކިޔވައިދޭ އާރުއޭސިލްގެ ޓްރެއިނަރުންނަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބިފައިވާ ތަޖުރިބާކާރު ޓްރެއިނަރުންތަކެކެވެ.
އާރުއޭސީއެލުން ބުނިގޮތުގައި ކުރިއަށްއޮތްތަނުގައި އެ ކުންފުނިން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެހެން ކުންފުނިތަކާއި އާއްމުންނަށް ވެސް ހުޅުވާލާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!