ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަ ސިމިއުލޭޓާ ހިމެނޭގޮތަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން އޭވިއޭޝަން އެކަޑަމީއެއް ހއ. ހޯރަފުށީގައި އިފްތިތާހުކޮށްފި ކޮށްފިއެވެ.
މި އެކަޑަމީގެ ފަޔާރ ޓްރެއިނިން ހިންގުމުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ފަޔަ ސިމިއުލޭޓާ ވުޖޫދަށް ގެނައުމަށްޓަކައި، އެ ސިމިއުލޭޓަރުގެ ބޭސަލް މަސައްކަތް އިސްނަންގަވައިދެއްވާފައިވަނީ އާރުއޭސީއެލް ކުރީގެ ފަޔަ އެންޑް ސޭފްޓީ ޑިރެކްޓަރު، އަލްމަރުޙޫމް އަޙްމަދު ފަޔާޒެވެ. މިފަޔަރ ސިމިއުލޭޓާ އުފެއްދުމުގެ އަމަލީ މަސައްކަތްފަށްޓަވާ ދެއްވާފައިވަނީ ސީދާ ފަޔާޒްގެ ބެލުމުގެ ދަށުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
މި މަޝްރޫއު ފެށުމުގައި ފަޔާޒު ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި މެނޭޖިން ޑިރެކްޓަރުގެ ނިންމެވުމުގެ މަތިން ފަޔަ ސިމިއުލޭޓަރަށް ވަނީ އަހުމަދު ފަޔާޒް ފަޔަ ސިމިއުލޭޓާގެ ނަމުން ނަން ދީފައެވެ.
އާރުއޭސީއެލް އޭވިއޭޝަން އެކަޑަމީއަކީ އޭވިއޭޝަން ރެގިއުލޭޓަރީ އޮތޯރިޓީއިން ކުންފުންޏަށް ލާޒިމުކުރާ ހުރިހާ އޭވިއޭޝަންއާއި ގުޅުންހުރި ޕްރޮގްރާމްތަކެއް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ އެކަޑެމީއެކެވެ. އެ އެކަޑަމީގެ މަސައްކަތް ފަށާފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީގެ އިރުޝާދުގެ ދަށުންނެވެ.
އާރުއޭސީއެލް ޓްރެއިނިން އެކަޑަމީއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އިންހައުސް އަދި ރާއްޖޭގެ އެކިއެކި މުއައްސަސާތަކަށް، އޭވިއޭޝަންގެ ދާއިރާއިން ބޭނުންވާ ސިވިލް އޭވިއޭޝަން އެޕްރޫވްޑް ސެޓްފިކެޓް ލެވެލްގެ ކޯސްތަށް ހިންގޭނެ ފެންވަރުގެ އެކަޑެމީއެކެވެ. މިއެކަޑެމީގައި ސިވިލް އޭވިއޭޝަން އެޕްރޫވަލް ލިބިފަވާ ގާބިލު އަދި ތަޖުރިބާހުރި 20 ޓްރޭނަރުން މަސައްކަތް ކުރާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި އެކަޑަމީގެ މައިގަނޑު މަގުސަދަކީ ސްޓާފުންނާއި އޭވިއޭޝަންގެ އެކިއެކި ދާއިރާތަކުން ޤާބިލު އަދި ހަރުދަނާ، ބަޔަކު ރާއްޖޭގައި އުފެއްދުމެވެ. މި އެކަޑަމީގައި އެކިއެކި ފެންވަރުގެ ފަޔަ ޓްރެއިނިންގެ އިތުރުން އޭރޯޑްރޯމް އޮޕަރޭޝަންގެ އެކިއެކި ތަމްރީނުތައް ހިންގާނެއެވެ.
މި އެކެޑަމީގައި ގާއިމް ކޮށްފައިވާ ފަޔަ ސިމިއުލޭޓަރުން ފަޔަ ފައިޓަރުންނަށް ނުވަތަ ތަމްރީން ހޯދާ ދަރިވަރުންނަށް އެހީތެރިވެދޭނީ އަލިފާން ފެތުރޭ ސްކޭލް، ތާމަލް ސްޓްރެސް، ފެންނަ ފެނުމާއި، ބާރުމިން، އަނދަމުންދާ ޖާގަގެ ހަލަތަށް އަސަރުކުރާ ފިނިހޫނުމިން ފަދަ އަލިފާނުގެ ސުލޫކު ވަޒަންކުރުމަށެވެ.
މި އެކަޑަމީ ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔަ މުއްދަތުގެ ތެރޭގައި މި މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް އެތައް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ. އަދި މި ފަޔަ ޕިޓްގެ ކުރިމަގަކީ އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ފަޔަ ސިމިއުލޭޓަރުގެ ގޮތުގައި ރޭންކް ކުރެވުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި އެކެޑަމީގައި ޖުމްލަ 23 ދަރިވަރުންނާއެކު 26 ޖުލައި 2022 ވަނަދުވަހު ބޭސިކް ފަޔަމަން ކޯހުގެ ތަމްރީނުވަނީ ފަށައިފައެވެ. ކައިރި މުސްތަގުބަލެއްގައި މި ދާއިރާއިން ވަޒީފާ އަދާކުރަން ބޭނުންވާ މުވައްޒަފުންނަށާއި ފަރުދުންނަށް އެއާކްރާފްޓް ރެސްކިއު އެންޑް ފަޔަރފައިޓިން އާއި އިމަޖެންސީ މެޑިކަލް ޓްރެއިނިން ފެށިގެންދަަނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!