މިދިޔަ އަހަރު އާރުޓީއެލް ފެރީގެ ޚިދުމަތް އެންމެ ގިނަ މީހުން ހޯދީ ބޮޑު ތިލަދުންމަތީގެ ތިން އަތޮޅުން
ގައުމީ ދަތުރުފަތުރުގެ ނިޒާމްގައި ހިމެނޭ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) މެދުވެރިކޮށް މިދިޔަ އަހަރުގެ ތެރޭގައި ޖުމްލަ 16.25 މިލިއަން ފަހަރު މީހުން ޚިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ ހިސާބުތަކުން ދައްކައިފިއެވެ. އެ ކުންފުނިން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އާރުޓީއެލް ފެރީގެ ނިޒާމުން އެކަނިވެސް ޖުމްލަ 477,215 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. ފެރީގެ ޚިދުމަތު...