ހިތްނިޔަތް ސާފު، ޔާމީންގެ ހައްގުގައި އަމަލީގޮތުންނާއި މާލީގޮތުން ވެސް އެހީތެރިވިން: ރައީސް
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ރައީސް ޔާމީންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްގައި އަމަލީގޮތުންނާއި މާލީގެ ގޮތުންވެސް އެހީތެރިވެދެއްވިކަމަށާއި، އެމަސައްކަތްކުރެއްވީ ހިތްނިޔަތް ސާފުކަމާއެކުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އަމިއްލަ ޓީވީ ޗެނެލްއެއްކަމަށްވާ ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް އެމްޑިޕީގެ ސަރުކާރުން ދައުވާއުފުލައިކަންކަން ފެށި ހިސާބުން ފެށިގެން ވެސް އެމަނިކުފާނު ހުންނެވީ...