ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ހުށަހަޅައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިގޮތުގައި، ޒެއިން އަބްދުﷲ ޔާމީން ގެ ފަރާތްޕުޅުންޕީ އެންއުފެއްދުމަށް 3060 ފޯމު އީސީ އަށް ވަނީ ހުށަހަޅުއްވާފައެވެ.

Ad
rt

ޒެއިން އަކީ އެ ޕާޓީގެ މުއައްސިސްއެވެ. އަދި އޭނާ އަކީ ރައީސް ޔާމީންގެ ދަރިކަލުންނެވެ.

ހަބީބު ވިދާޅުވެފައިވާ ގޮތުގައި، އެ ފޯމުތަކުގެ ސައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީން މިހާރުވަނީ ފަށާފައެވެ.

''މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްޙަކަން ކަށަވަރުވުމުން، ލަހެއް ނުވެ، ޕީ.އެން.އެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ޒެއިން އަބްދުﷲ ޔާމީން އަށް އަރުވާނެ.'' ހަބީބު ވިދާޅުވެފަވެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްކުރުމަށް އީސީން ހުއްދަދޭ މުއްދަތުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ސައްހަ 3000 މެންބަރުންގެ ފޯމު އީސީ އަށް ހުށަހަޅަން ޖެހެއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީގައި އެދުނީ 26 ނޮވެމްބަރު 2023 ގައެވެ. މި ޕާޓީ އުފެއްދުމަށްޓަކައި 3000 މީހުންގެ ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ އީސީން ދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

މި ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ، ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ އެންމެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ވަޒީރު، މުހައްމަދު މަލީހް ޖަމާލާއި ޔާމީންގެ ސަރުކާރުގައި ޗީފް އޮފް ސްޓާފް ކަން ކުރެއްވި އަހުމަދު މުސްތަފާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި، ޑރ. އަބުދުﷲ ޖިހާދާއި ފަދަ ބޭފުޅުންނެވެ.